
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގައި ރޭ ނޯވޭ އާއި ދެކޮޅަށް އިޓަލީ ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން އިޓަލީ ބަލިވެއްޖެ އެވެ. ރަށުން ބޭރުގައި ނޯވޭ އާއި ދެކޮޅަށް ކުޅުނު މެޗުން އިޓަލީ ބަލިވެފައިވާއިރު މިއީ ކޮލިފައިންގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް މިއީ ނޯވޭ ކުޅުނު ތިންވަނަ މެޗެވެ. އަދި މި ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ނޯވޭ އޮތީ ކޮލިފައިންގެ ގްރޫޕް އައިގެ އެއްވަނަ މަގާމުގަ އެވެ. ދެވަނައިގައި އޮތް އިޒްރޭލަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެސްޓޯނިއާ އަށް ތިން މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ. ހަތަރުވަނައިގައި އިޓަލީ އޮތްއިރު އެ ޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އިޓަލީ އިން މި މެޗު ކޮންޓްރޯލްކޮށް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ނޯވޭ އިން ވަނީ ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ. ނޯވޭގެ އެޓޭކްތައް ވަރުގަދަ ވެފައިވާއިރު މެޗުގެ 14 ވަނަ މިނިޓުގައި އެލެކްޒެންޑަރ ސޯލޮތް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 34 ވަނަ މިނިޓުގައި އެންޓޯނިއޯ ނޫސާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ނޯވޭ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އާލިން ހާލަންޑް އެވެ. އިޓަލީގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުން އެ ޓީމު ބަލިވެފައިވާއިރު ފާއިތުވެދިޔަ ދެ ވޯލްޑްކަޕަށް ވެސް އެ ގައުމު ކޮލިފައިވެފައެއް ނުވެއެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީ ބުނެފައިވަނީ މި ޓީމަކީ އޭނާ ނަގާފައިވާ ޓީމެއް ކަމަށާއި އެހެންކަމުން އޭނާ މި ޓީމާއިއެކު ކުރިއަށްދާނެ ކަމަށެވެ. އަދި ރަގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. “މިއީ އަހަރެން ނެގި ޓީމެއް އެހެންކަމުން އަހަރެއް މި ޓީމާއިއެކު ކުރިއަށްދާނަން. އަހަރުމެން ރަގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އިދިކޮޅު ޓީމަށް އެހާ ފަސޭހައިން ބޯޅަ ދީ އެމީހުންނަށް އެޑްވާންޓޭޖް ލިބޭ ގޮތަށް ކަންތައް ކުރެވިގެން ނުވާނެ.” ސްޕަލޭޓީ ބުންޏެވެ. ކޮލިފައިންގައި އަންނަ ހޯމަ ދުވަހު އިޓަލީ ނިކުންނާނީ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް މޮލްޑޯވާ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
