
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަ ވަރަަށް އަވަހަށް ހައްލުވާނެ ކަމަަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެކުލަވާލި އެޑްހޮކް ކޮމިޓީގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ މެމްބަރެއް ހިމެނިފައިނުވާކަމަށް ބުނެ ބެޓްމިންޓަންގެ ބައިނަލްއަގުވާމީ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ މެއި 16 ގައި ރާއްޖެ ސަސްޕެންޑްކޮށްފައެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު، 30 އޭޕްރީލްގައި ވަނީ ވަގުތީ ގޮތުން އުވާލާފައެވެ.
ކުރިޔަށްއޮތް ދައުރަށް އެމްއޯސީގެ ރައީސްކަމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޯސީގެ ރައީސް މުހައްމަދު އަބުދުއްސައްތާރު (ޗަންޕީ) ވިދާޅުވީ ބީއޭއެމްގެ މައްސަލަ ހައްލުކުރުމަށް އެމްއޯސީން އަންނަނީ ބެޓްމިންޓަން ވޯލްޑް ފެޑެރޭޝަން އާއި އޭޝިއަން ފެޑެރޭޝަނާއި ވާހަކަ ދައްކަމުންކަމަށެވެ. “ވަރަށް އަވަހަށް ހައްލެއް ހޯދޭނެކަމަށް ފެނޭ. ވަރަށް ފަހުން އަޅުގަނޑުމެންގެ ސެކެއްޓްރީ ޖެނެރަލް އާއި ލޯޔަރުވެސް ވޯލްޑް ބެޓްމިންޓަން ފެޑެރޭޝަންގެ ރައީސް އާއިވެސް ބައްދަލުކޮށްފީމު. އަދި އޭގެ އިތުރުން މިހާރުގެ ސެކެއްޓްރީ ޖެނެރަލް އާވެސް ބައްދަލުކޮށްފިން އަދި އޭޝިއަން ފެޑެރޭޝަނާވެސް މިދަނީ ވާހަކަ ދައްކަމުން.” ސައްތާރު ވިދާޅުވިއެވެ.
ބީއޭއެމްއަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލައި، އެ އެސޯސިއޭޝަނާއި މެދު ފިޔަވަޅު އެޅީ ބެޑްމިންޓަން ކުޅުންތެރިންނާއި އެ އެސޯސިއޭޝަންގެ ޓެކްނިކަލް އޮފިޝަލުންގެ ހައްގުގައި އެ ކުޅިވަރު ހީނަރުވެގެން ހިނގައިދާނެކަމުގެ ބިރުހީވުމުން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ވިދާޅުވެފައެވެ. އޮލިމްޕިކް ކޮމިޓީއާ މަސައްކަތް ހަވާލުކޮށް ކުރިމަގެއް ފެނޭތޯ ބެލިނަމަވެސް، ބެޑްމިންޓަން އެސޯސިއޭޝަންގެ ދައުރު ހަމަވެފައިވާ ހިންގީ ކޮމިޓީގެ އެއްބާރުލުމެއް ނުލިބުނު ކަމަށް ޠަލާލް ވަނީ ވިދާޅުވެފައެވެ. ބީޑަބްލިއުއެފްއިން އެދިފައިވަނީ ސަރުކާރުގެ ބައިވެރިވުމެއް ނެތި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ބެލުމުގެ ދަށުން އިންތިޚާބު ކުރިއަށްގެންދިއުމަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
