
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގުޅުމުން، އޭނާގެ ތަޖުރިބާ އާއި ހުނަރުން އެހެން ޒުވާން ކުޅުންތެރިންނާއެކު އެ ޓީމު ފެންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން ވިދާޅުވީ އަޝްފާގު ނިއު ރޭޑިއަންޓާ ގުޅުމަކީ ހަމައެކަނި އެ ކްލަބަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ ފުޓްބޯޅައަށްވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް އަދި ކުރިއެރުމެއް ކަމަށެވެ. “އަޅުގަނޑުމެން އެންމެން މިތިބީ އަޝްފާގުގެ ކުޅުން ފެނުމަށް ވަރަށް ބޮޑަށް އިންތިޒާރުގައި. އެދުވަސްވަނީ އިރާދަކުރެއްވިއްޔާ ދާދި ގާތުގައި” ކަމަށް މުބީން ވިދާޅުވިއެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހަޔާތުގައި ކަޅު ދުވަސްތަކަކަށްފަހު މިއަދު މިތިބެވެނީ ކޮންމެވެސް ވަރަކަށް ދިރުމެއް ލިބޭ ހިސާބަކަށް އާދެވިފައިކަމަށް މުބީން ވިދާޅުވިއެވެ. “އަޅުގަނޑުމެން އެންމެންގެ އެންމެ މަޤްބޫލު ކުޅުންތެރިޔާ އަލީ އަޝްފާގު ނިއުރޭޑިއަންޓުން ފެނުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އުއްމީދު. އަޝްފާގަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅުންތެރިޔާކަން އެންމެންނަށް ވެސް އެނގޭ” މުބީން ވިދާޅުވިއެވެ. އަޝްފާގުގެ ހުނަރުވެރިކަމާއި ޓެކްނިކަލް ގާބިލުކަމަކީ ނިއުއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް މުބީން ވިދާޅުވިއެވެ. މި އަހަރު ފަހުކޮޅު ބާއްވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެން އެ ޓީމުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ނިންމާފައެވެ.
އުމުރުން 39 އަހަރުގެ ރާއްޖޭގެ ކުރީގެ ގައުމީ ކެޕްޓަން އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެ ޓީމަށް ދެ މެޗު ކުޅެދިނުމަށްފަހު އޭނާ ދަނޑުން ނުފެނެ އެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އޭގެ ފަހުން ކަކުލުގެ އޮޕަރޭޝަން ކުރުމަށްފަހު މިހާރު އޭނާ އަންނަނީ ފިޓްވަމުންނެވެ. އަދި މިފަހުން އަތޮޅު ތެރޭގެ މުބާރާތްތަކުން އަޝްފާގް ދަނީ ފެންނަމުންނެވެ. ކުރީގެ ޑިފެންޑަރު ސޮބާހު މުޙައްމަދުގެ އިރުޝާދުގެ ދަށުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް މަސައްކަތް ކުރާ ނިއު ރޭޑިއަންޓަށް ކުޅެން ދަގަނޑޭ ނިންމިއިރު، މިއީ އޭނާ ދެ ވަނަ ޑިވިޝަނުގައި ކުޅޭނެ ފުރަތަމަ ފަހަރަށްވާނެއެވެ. 2001 ވަނަ އަހަރު ވެލެންސިއާއިން ކެރިއަރު ފެށި ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތީން ނިއު ރޭޑިއަންޓަށް ކުޅެފައެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރު ނިއު ރޭޑިއަންޓުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ. ގައުމީ ޓީމުގައި ދަގަނޑޭ އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި އެކުވެރިކަމުގެ މުބާރާތުގައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
