
މާލެ ސަރަހައްދުގެ ފުރަތަމަ 5 ތަރީގެ ހޮޓެލް ބާސެލޯ ނަސަންދުރަ ހުޅުވައިފިއެވެ. މިއީ 16 ބުރިއަށް ޒަމާނީ ގިނަ ޚިދުމަތްތަކާއި އެކު ސްޕެއިންގެ ބާސެލޯ ގްރޫޕުން ތަރައްޤީކޮށްފައިވާ ހޮޓެލެކެވެ. ބާސެލޯ ނަސަންދުރަ ހޮޓަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާޙިމްއެވެ. އެތަން ހުޅުވުމުގެ ރަސްމީއްޔާތުގައި، ވަޒީރު ތާރިޤުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ދައުވަތު އެރުވިގެން ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނަސަންދުރަ ހުޅުވުމަށް ފަހު ބޮޑު ބެރު ހަރަކާތްތަކާއެކު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވަނީ ނަސަންދުރަ ހޮޓަލަކީ މަލެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނުވި ތާރީޙެއް އޮތް ތަނެއްކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ ބާސެލޯ ގްރޫޕުގެ ފަރާތުން ތަރައްޤީކޮށްފައިވާ މި ހޮޓަލަކީ އެތަރީޙު ދަމަހައްޓާތަނަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ މި ހޮޓަލަކީ ފަތުރުވެރިކަމުގެ ދައިރާގެ އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ޚިދުމަތްތަތަކެއް ފޯރުކޮށްދީ މަތީ ފެންވަރުގެ ފަތުރުވެރިކަން މާލެ ސަރަހައްދުގައި ފުޅާކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް ވިދާޅުވެފައެވެ. “މިތަނުގައި ކޮންފަރެންސް ވަސީލަތްތަކަކީވެސް ވަރަށް ފުރިހަމައަށް ގިނަ ޚިދުމަތްތަކެއް ލިބޭގޮތަށް ތަރައްޤީކޮށްފައިވާ ވަސީލަތްތަކެއް. މީގެ ސަބަބުން މައިސް ޓުއަރިޒަމަށް މަގުފަހިވެގެންދާނެ. އަދި މިއީ ޚިޔާލުތައް ބަދަލުކޮށް ގުޅުންތައް ޤާއިމްކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ތާރިޤުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސިނާޢަތެއް ކަމުން، އެ ސިނާޢަތުގެ ކާމިޔާބީތަކުގެ މައްޗަށް އިތުރު ކުރިއެރުންތަކެއް ހޯދުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދެމެހެއްޓެނި ފަތުރުވެރިކަމެއް ތަރައްޤީކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. “އަޅުގަނޑުމެން ވަރަށް އިސްކަމެއް ދޭ ދާއިރާތައް، ދެމެހެއްޓެނިކަން އިތުރުކުރަމަށް. މީގެ ތެރޭގައި ހަކަތައިގެ ދާއިރާއާއި ތިމާވެށްޓާއި ގުޅޭގޮތަށް ހިންގޭ މަސައްކަތްތަކާއި، ކުނި މެނޭޖް ކުރުމާއި ފެނުގެ ދާއިރާ ހިމެނޭ. އަޅުގަނޑުމެން އެދެނީ ބާސެލޯ ގްރޫޕުން މިކަންކަމުގައި އިސް ރޯލެއް އަދާކޮށް ދެމެހެއްޓެނި ފަތުރުވެރިކަމެއް ޕްރޮމޯޓް ކޮށްދިނުން.” ވަޒީރު ވިދާޅުވިއެވެ. ބާސެލޯ ގްރޫޕުގެ ފަރާތުން މި ހަފްލާގައި ވާހަކަ ދައްކަވަމުން ހޮޓެލްގެ ޖެނެރަލް މެނޭޖަރ އެންރިކް ރެއިނާ ކެނިޓްރޮޓް ވިދާޅުވީ މި ހޮޓެލް ހުޅުވަނީ ފަޚުރުވެރިކަމާއެކު ރަނގަޅު ޚިދުމަތެއް ދިނުމުގެ އަމާޒުގައި ކަމަށެވެ. އަދި މި ތަނުގެ ސަބަބުން ރަނގަޅު މާނަހުރި ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެ ގްރޫޕުން ޤަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޕެއިންގް ހޮޓެލް ޗެއިން ބާސެލޯ ނަސަންދުރައަކީ 136 ކޮޓަރީގެ ހޮޓެލެކެވެ. މިއިން 95 ކޮޓަރީ މޫދު ފެންނަ ކޮޓަރިތަކެކެވެ. މިތަނުގައި 116 މަތީ ފަންތީގެ ސާވިސް އެޕާޓްމެންޓްވެސް އިތުރަށް ތަރައްޤީކޮށްފައިވާއިރު، ޒަމާނީ ގިނަ ޚިދުމަތްތައް މިތަނުން ލިބިގެންދާނެއެވެ. މިތަން ހުޅުވާފައި މިވަނީ އެންމެ ކުރީގެ ނަސަންދުރަ ޕެލެސް ހޮޓެލް ބަނދުކުރިތާ 10 އަހަރު ފަހުންނެވެ. މިއީ 100 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް ބާސެލޯ ގްރޫޕުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
