
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ އައު އެޕްލިކޭޝަނާއެކު ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ. މަތީން މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެމްޑަބްލިޔުއެސްސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ކުންފުނި ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ސްމާރޓް މީޓަރ 10،000 ފަރާތަކަށް ހަރުކޮށްދީފައިވާކަމަށެވެ. މީގެތެރެއިން 7000 މީޓަރު ބޭނުންކުރަމުން އަންނަކަން މަތީން ފާހަގަކުރެއްވިއެވެ.
މަތީން ވިދާޅުވީ، ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނިން އެންމެ އަވަހަށް ކުރާނެ ކަމަކީ އެ ކުންފުނިން ގެންގުޅޭ އެޕް ބަދަލުތަކަކާއެކު އިފްތިތާހްކުރުންކަމަށެވެ. މިއެޕްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ކުރިއަށްއޮތް 2 ހަފްތާ ތެރޭގައި އިފްތިތާހްކުރެވޭނެކަމަށް މަތީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޑަބްލިއުއެސްއީ)
އައު އެޕާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެޕް މިހާރު ޑިޒައިންކޮށްފައިވަނީ ޑިޖިޓަލް މީޓަރާވެސް ގުޅުވާފައިކަމަށް ވިދާޅުވިއެވެ. ޑިޖިޓަލް މީޓަރު ހަރުކޮށްފައިވާ ކަސްޓަމަރުންނަށް ފެން ލީކެއް ހުރެގެން ކުއްލިއަކަށް ބިލް ބޮޑުވާ ހާލަތެއް މެދުވެރިވާނަމަ އެކަމުގެ މެސެޖްވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައު އެޕްލިކޭޝަނާއެކު މެނުއަލީ ގޭބީސީތަކަށް ނުގޮސްވެސް ފެން ބިލް އަލުން ގުޅާލަދެވޭނެކަމަށް މަތީން ވިދާޅުވިއެވެ.
“ފެންވެސް ކުރިއަށް އޮތްތަނުގައި ބިލް ޕޭކުރުމާއި އެކީގައި ހަމަ ރިކަނެކްޓް ވެވޭވަރަށް އަޅުގަނޑުމެން ތަރައްޤީކުރާނަން. އެ މަސައްކަތް ފެށިފައި ހުރީ. މިދެންނެވި 10،000 ކަސްޓަމަރުންނަށް މިހާރު ހުރީ ސްމާރޓް މީޓަރ ހަރުކޮށްފައި. ސްމާރޓް މީޓަރުގެ އެފަންގްޝަންތައް އަޅުގަނޑުމެން ބޭނުންކުރަން ފަށާނަން މިދެންނެވި އައު އެޕް ލޯންޗްކުރުމާއި އެކީގައި. އެޕް ލޯންޗްކުރުން ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ކުރިއަށްގެންދާނަން.” މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ މިހާރު އަންނަ ޝަކުވާއަކީ ބިލްތައް ވަކިވަކިން ދައްކަންޖެހޭ މައްސަލަކަމަށެވެ. އައު އެޕާއިއެކު ކަސްޓަމަރުންނަށް ގިނަ ބިލްތައް އެއްފަހަރާ ދައްކާލެވި ވަގުތު ސަލާމަތްވާނެކަމަށެވެ. މީގެ އިތުރުން އެކައުންޓް ސްޓޭޓްމަންޓް ބަލާލުމާއި، އީފާސް މެދުވެރިކޮށް ލޮގިން ކުރެވޭގޮތަށް އައު އެޕްގައި ހިމަނާފައިވާނެކަމަށް ވިދާޅުވިއެވެ. ސްމާރޓް މީޓަރ ހަރުކޮށްފައިވާ ފަރާތްތަކަށް އެޕް މެދުވެރިކޮށް ރީޑިންތައް ބަލާލެވޭއިރު ބިލްގެ ފޯކާސްޓް ހަދާލެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ މަތީން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
