
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދާނެ ކަމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ނަތަންޔާހޫ މިހެން ބުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލައި އެ ސަހަރަށް އެހީގެ ސާމާނު ވެެއްދުމުގެ ފުރުޞަތު ދިނުމަށް ގޮވާލައި އަޑުތައް ގަދަވެފައިވަނިކޮށެވެ. މެއި މަހުގެ 16ވަމަ ދުވަހު ޔަހޫދީން ވަނީ އޮޕަރޭޝަން ގިޑިއަންސް ޝެރިއޮޓްގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ޣައްޒާގައި ފަށައިފައެވެ. އެ އޮޕަރޭޝަންގެ ދަށުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ 160 އަމާޒަކަށް ޙަމަލާދީ ގިނަ ޢަދަދެއްގެ މީހުން ޝަހީދު ކޮށްލައިފައެވެ. ޔަހޫދީން ވަނީ ޣައްޒާގެ ޚާން ޔޫނިސްއަށް ވެސް ކުއްލި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޙަމާސުން ޔަހޫދީންނަށް ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53،000އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އެއަށްފަހު، ޣައްޒާއަށް އެއްވެސް ވަރަކަށް ކާބޯތަކެތި އެތެރެ ކޮށްފައެއް ނުވެއެވެ. އެއާއެކު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން މިހާރު ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައެވެ.
ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދޭނެ ކަމަށް އިޢުލާނު ކޮށްފައެވެ. އެ ފުރުޞަތު ދިނުމަށް ޔަހޫދީން ނިންމީ ބަޔަކު ގަސްތުގައި ބަނޑަށް ޖައްސާތީ މުޅި ދުނިޔެއިން އެ ކަން ކުށްވެރި ކުރާތީ، ޔަހޫދީންނާ ގުޅުން ހުރި ޤައުމުތަކަށް އޮތް ތާއީދު ކުޑަވަމުން ދިޔުމުގެ ސަބަބުންނެވެ. ނަތަންޔާހޫ ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހޭތީ ތާއީދު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުންތައް ޙިއްޞާ ކޮށްފައިވާ ކަމަށް ބުނެފައެވެ. ފަލަސްޠީނުގެ ނޫސްތަކުން ބުނީ ފުށާއި ކައްކާ ތެލާއި މުގުގެ ބާވަތްތައް ހިމެނޭ 50 ޓްރަކު ޣައްޒާއަށް ވެއްދުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ތުއްތުކުދިންނަށް ބޭނުންވާ ކާނާ ހިމެނޭ ނުވަ ޓްރަކު ވެސް ޣައްޒާއަށް ވެއްދުމަށް ހަމަޖެހިފައިވެއެވެ. އެހީގެ ސާމާނު ބެހުމުގައި ޙަރަކާތްތެރިވާ ކުންފުނީގެ އިސްވެރިޔާ، ނާހިދު ޝުހައިބަރު ވަނީ ޓްރަކުތައް ހުއްޓުވާ ލޫޓުވުން ފަދަ ޢަމަލުތައް ނުކުރުމަށް ޣައްޒާގެ ގޮތްހުސްވެފައިވާ ރައްޔިތުންނަށް ނަސޭޙަތްތެރިވެފައެވެ.
ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ޔަހޫދީންގެ ޙަމަލާތައް ވަރުގަދަ ކުރި ފަހުން، ފާއިތުވި އަށް ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ 500އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ވެފައިވާ ކަމަށެވެ. އެންމެ ފަހުން ދިން ޙަމަލާތަކުގައި ޙަމާސްއަށް ވާގިވެރިވާ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޕޮޕިއުލަރ ރެސިސްޓަންސް ކޮމިޓީސްގެ ކޮމާންޑަރު، އަޙްމަދު ސަރްހާން ވަނީ ޝަހީދު ކޮށްލައިފައެވެ. ޚާން ޔޫނިސްގައި އޭނާ ދިރިއުޅޭ ސަރަޙައްދަށް ޔަހޫދީ ސިފައިން ވަދެފައި ވަނީ ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ކަމަށް ހެދިގެންނެވެ. ސަރްހާންގެ ގެއަށް ވަދެ ޔަހޫދީ ސިފައިން އޭނާ ޝަހީދު ކޮށްލައި، އޭނާގެ އަންހެނުންނާއި 11 އަހަރުގެ ދަރިފުޅު ވަނީ އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
