
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސިވިލާތުގެ ޤައުމީ ސަލާމަތާބެހޭ ޤާނޫނުގެ ދަށުން އީރާނުގެ ތިން ރައްޔިތުންނާ ދެކޮޅަށް ދައުވާ ކުރުމާ ގުޅިގެން އުފެދުނު އަރައިރުމެއްގައި ދެ ގައުމުން ވެސް ސަފީރުން ހާޒިރު ކޮށްފިއެވެ. އިނގިރޭސިވިލާތުން ބުނީ އެ މައްސަލައިގައި އެ ޤައުމުން އީރާނުގެ ސަފީރު ސަޢީދު ޢަލީ މުސާވީ ހާޒިރު ކޮށްފައިވާ ކަމަށެވެ. އީރާނުން ހާޒިރު ކޮށްފައި ވަނީ އެ ޤައުމުގައި ހުންނަވާ އިނގިރޭސިވިލާތުގެ ޗާޖް ޑީއެފެއާޒްއެވެ. އީރާނުން ބުނީ އެ ޤަުއުމުގެ ތިން ރައްޔިތުންނާ ދެކޮޅަށް ކުރާ ތުހުމަތުުތަކަކީ ހަޤީޤަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
ނިރުބަވެރިކަމާ ބެހޭ ތަހުޤީޤަކާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންނާ ދެކޮޅަށް އުފުލާފައި ވަނީ ބޭރުގެ ޖާސޫސީ އިދާރާއަކަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އެ މީހުން ޖާސޫސީ އިދާރާއަކަށް އެހީތެރިވެދީފައި ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހާއި 2025ވަނަ އަހަރުގެ ފެބްރުވަރީ މަހާ ދެމެދު ކަމަށް ދައުވާގައި ބުނެފައިވެއެވެ. އެ ތިން މީހުން ވެސް އެހީތެރިވެދިނީ އީރާނުގެ ޖާސޫސީ އިދާރާއަކަށް ކަމަށް އިނގިރޭސިވުލާތުގެ ފުލުހުން މަޢުލޫމާތު ދެއެވެ. މިދިޔަ މަހުގެ ތެރޭގައި، ތަފާތު މައްސަލައެއްގައި އީރާނުގެ ހަތަރު ރައްޔިތުން ހަމަ އިނގިރޭސިވިލާތުގައި ހައްޔަރު ކޮށްފައިވެއެވެ. އިނގިރޭސިވިލާތުގެ ފުލުހުން ބުނީ އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ތަހުޤީޤު އަދިވެސް ދަނީ ކުރިއަށެވެ.
އީރާނުގެ ތިން ރައްޔިތަކާ ދެކޮޅަށް ޖާސޫސް ކުރަން އެހީތެރިވެދިން ކަމުގެ ދައުވާ އުފުލާފައި މި ވަނީ އިނގިރޭސިވިލާތުގައި އީރާނުގެ އެހީތެރިކަމާއެކު ހިންގާ ކަމަށް ބެލެވޭ ޙަރަކާތްތަކެއް އެ ޤައުމުން ވަރަށް ގާތުން ބަލަމުންދާ ދަނޑިވަޅެއްގައެވެ. އިނގިރޭސިވިލާތުގެ ބޭރުގެ ނުފޫޒުގެ ދަފްތަރުގައި، އެންމެ މަތީ ފަންތީގައި އީރާން ވަނީ ހިމަނައިފައެވެ. އިނގިރޭސިވިލާތުގެ ޚަރިޖީ އިދާރާއިން ބުނީ އެ ޤައުމުގެ ސަރުކާރުގެ އެންމެ އިސް ޒިންމާއަކީ ޤައުމީ ސަލާމަތް ރައްކާތެރި ކުރުން ކަމަށެެވެ. އީރާނުގެ ޢަމަލުތަކުގެ ޒިންމާ އެ ޤައުމުން ނަގަން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ އެ ޤައުމުގެ ތިން ރައްޔިތުން ހައްޔަރު ކުރި ސަބަބު އޮޅުންފިލުވައި ދިނުމަށް އެ ޤައުމުގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ހާޒިރު ކޮށްފައިވާ ކަމަށެެވެ. އީރާނަށް ޕްރެޝަރު ކުރުމުގެ ގޮތުން، ސިޔާސީ ބޭނުމެއް ޙާޞިލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ ސަބަބުން ނިކުންނަ ނޭދެވޭ އަސަރުތަކުގެ ޒިންމާ އިނގިރޭސިވުލާތުގެ ސަރުކާރުން ނަގަންޖެހޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
