
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިލާތުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރަސްމީކޮށް ވަކިވިތާ ނުވަ އަހަރު ފަހުން، އެ އިއްތިހާދާ އެކު ދިފާޢީ އަދި ވިޔަފާރީގެ ރޮނގުން ގުޅުން ފުޅާކުރުމުގެ އެންމެ ބޮޑު އެއްބަސްވުމުގައި އިނގިރޭސިވިލާތުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތް ގުޅިގެން ޕްރޮކިޔުމަންޓް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ކާބޯތަކެތި އީޔޫގެ ޤައުމުތަކަށް ފަސޭހައިން އެތެރެވެވޭނެ މަގު ފަހިކުރުން ހިމެނެއެވެ. އެމެރިކާއަށް އީޔޫ އާއި އިނގިރޭސިވިލާތް ވެސް ހިމެނޭ ގޮތަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުގެ ސަބަބުން، ގިނަ ޤައުމުތަކަށް ވަނީ ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކޮށް އަދި ފުޅާކުރަން މަޖުބޫރުވެފައެވެ.
އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރި ކީރް ސްޓާމަރ އަކީ، އީޔޫއިން ވަކިވުމާ އެންމެ ފާޅުގައި ދެކޮޅު ހެއްދެވި އެއް ބޭފުޅެވެ. އީޔޫ އާއެކު ހެދި މި އެއްބަސްވުމުގެ ދަށުން، ކާބޯތަކެއްޗާއި ދަނޑުވެރި އުފެއްދުންތައް މިހާރަށް ވުރެ ފަސޭހަކަމާއެކު އީޔޫއަށް އެތެރެކޮށް، 2040 ވަނަ އަހަރާ ހަމައަށް 12.1 ބިލިއަން ޑޮލަރު އިޤްތިޞާދަށް އިތުރުވެގެންދާނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުންޏެވެ. މިއީ ވިޔަފާރީގެ ގޮތުން އިނގިރޭސިވިލާތުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޤާއިމުކުރި ތިން ވަނަ އެއްބަސްވުމެވެ. މީގެކުރިން އިނގިރޭސިވިލާތުން ވަނީ އިންޑިޔާގެ އިތުރުން އެމެރިކާ އާއެކު ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ.
ސްޓާމަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ޤައުމަށާއި ރައްޔިތުންގެ ފާގަތިކަމާއި ލާބައަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އީޔޫ އާއެކު އިނގިރޭސިވިލާތުން ޤާއިމުކުރި އެއްބަސްވުންތަކުގެ ތެރޭގައި މަސްވެރިކަމާބެހޭ އެއްބަސްވުމެއް ވެސް ހިމެނޭއިރު، އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 12 އަހަރު، މަސްވެރި އުޅަނދުތަކަށް އެއްވެސް ހުރަހެއް ނެތި ދެ ފަރާތުގެ ކަނޑުތަކުގައި މަސް ބޭނުމުގެ މަގުފަހިވެގެންދާނެއެވެ. ދިފާޢީ އެއްބަސްވުމުގެ ދަށުން، ވިލާތުގެ ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތުގައި އިނގިރޭސިވިލާތުގެ ކުންފުނިތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
