
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔުރޭނިއަމް މުއްސަނދި ކުރަން އީރާނަށް ވެސް ލިބިފައިވާ ޙައްޤާ ދެކޮޅަށް އެމެރިކާއިން ބާރު އަޅާނަމަ، އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު ކުރަމުންދާ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމަށް އީރާނުން ބުނެފިއެވެ. ނިއުލްލިކަރ ހަތިޔާރެއް އުފެއްދުމަށް ނޫނަސް، މަދަނީ ބޭނުމަށް އެކަނި ވެސް ޔުރޭނިއަމް މުއްސަނދި ކުރަމުން ދިޔުމަށް އީރާނުން ބޭނުންވާއިރު މިއީ އެމެރިކާއިން އެދޭ ގޮތެއް ނޫނެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް އެމެރިކާއިން ޝަރުތުކުރާއިރު، އެ ޝަރުތައް އެއްބަސް ނުވެވޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅިގެން އެމެރިކާ އާއެކު އާ އެއްބަސްވުމެއް އެކުލަވާލެވޭނީ، ޔުރޭނިއަމް މުއްސަނދި ކުރުމުގެ ވިސްނުން އީރާނުން ދޫކޮށްލައިގެން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނެވި މަންދޫބު ސްތީވް ވިޓްކޮފް އިއްޔެ ވެސް ވަނީ ތަކުރާރުކުރައްވައިފައެވެ. އެކަމާ ގުޅިގެން، އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު މާޖިދު ތަޚްތަރަވަންޗީ ދަޢުލަތުގެ މީޑިޔާއަށް ވިދާޅުވީ، ޔުރޭނިއަމް މުއްސަނދި ކުރުމާ ގުޅޭގޮތުން އީރާނުގެ ވިސްނުން ވަރަށް ސާފުކޮށް ހާމަކޮށްދެވިފައިވާ ކަމަށާއި އެކަމަށް އެއްވެސް މިންވަރަކަށް ދޫނުދޭނެ ކަމަށެވެ. އީރާނުގެ ނިއުކްލިޔަަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށާއި އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ކޮންމެވެސް ސިފައެއްގެ އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އެ ހުށަހެޅުންތަކަށް އީރާނުން ލަސްނުކޮށް ފުރިހަމައަށް އެއްބަސްވާންޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އެކަމާ ގުޅުވައި، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ދެ ޤައުމުގެ ސަރުކާރުން ދައްކާ ވާހަކަތައް ހާމަކުރުމުން މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިޔުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތައް މެއި މަހުގެ 11ވަނަ ދުވަހު ނިންމާލާފައިވާއިރު އަދި އިތުރު މަޝްވަރާތައް ދެފަރާތުގެ ދެމެދުގައި ކުރާނެ ކަމަށް ބެލެވެއެވެ.
ޔުރޭނިއަމް މުއްސަނދި ކުރާ މިންވަރު މަދު ކޮށް، މިހާރު ރައްކާކޮށްފައި ހުރި ޢަދަދު މަދު ކުރުމަށް އީރާނަށް އެއްބަސްވެވިދާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. ނަމަވެސް އެގޮތަށް ދަށް ކުރެވޭނީ މީގެ ކުރިން އެމެރިކާގެ ވެސް ބައިވެރިވުމާއެކީ ޤާއިމް ކުރި 2015ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުމުގައިވާ މިންވަރަށްވުރެ ދަށް މިންވަރަކަށް ކަމަށް އީރާނުން ބުނެއެވެ. އެމެރިކާއިން މީގެ ކުރިން ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ. އީރާނުން މުއްސަނދިކުރާ ޔުރޭނިއަމްގެ މިންވަރު މަދު ކުރުމަށް އެ ޤަައުމުން ހުށަހަޅަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް އެމެރިކާއިން މި ގޮތެއް ބޭނުމެއް ނުވެއެވެ. އޭގެ އިތުރުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ވެސް ދެ ފަރާތަށް އެއްބަސްނުވެވި އޮތް ބޮޑު މައްސަލައެކެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު މަޑުޖައްސައިލުމުގެ ބަދަލުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އީރާނުން ޝަރުތުކުރެއެވެ. އަދި އީރާނާއެކު ޤާއިމް ކުރާ އެއްބަސްވުމަކުން ވަކި ނުވާނެ ކަމުގެ ޔަޤީންކަން ވެސް އީރާނުން ބޭނުންވެއެވެ. އެއްބަސްވުމެއް ޤާއިމް ނުކުރެވޭ އެއް ސަބަބަކީ އެ ފަދަ ލުއިތައް ދިނުމަށް އެމެރިކާއިން އެއްބަސްނުވުން ކަމަށް މަސްދަރުތަކުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
