
ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
Your #Nusuk_Card streamlines movement across the Holy Sites and provides quick access to essential services.#Ease_And_Tranquility#No_Hajj_Without_Permit pic.twitter.com/MEXuJUqgbo
— Ministry of Hajj and Umrah (@MoHU_En) May 15, 2025
ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅުންހުރި އިންތިޒާމުތަކަކީ ޒަމާނީ ޓެކްނޮޖީއާ ފައި ހަމަކޮށްފައިވާ އިންތިޒާމުތަކަކަށް ހެދުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އަހަރަކަށްފަހު އަހަރެއް ޙައްޖާއި ޢުމްރާގެ އިންތިޒާމުތައް ރަނގަޅުކުރުމަށް ސަޢޫދީ ސަރުކާރުން އިސްކަންދެއްވައެވެ. ޚާއްސަކޮށް ޙައްޖުގެ އަޅުކަމަކީ ހުރިހާ މުސްލިމުންނަށް ހަމަހަމަގޮތެއްގައި އަދާކުރެވޭ އަޅުކަމަށް ހެދުމަށް ހެޔޮ ބަދަލުތައް އަންނަނީ ގެންނަމުންނެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް މައްކާއަށް އެތެރެވެ ޙައްޖުގެ އަޅުކަން އަދާކުރާ މީހުން މަދުކޮށް ވަކި އިންތިޒާމެއްގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކާއި ސަޢޫދީ ސަރުކާރުން ޚާއްސަ ޕްލެޓްފޯމެއް ނުވަތަ މަންސައެއް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ ނުސުކް ނަމަކަށްކިޔާ ޚާއްޞަ ނިޒާމެކެވެ.

މިއީ ޙައްޖާއި ޢުމްރާގެ ކަންކަން ޤަވާއިދުގެ ތެރެއިން، ވަކި އުސޫލަކުން ކުރިއަށްގެންދިޔުމަށް ތަޢާރަފްކުރި މަންސައެކެވެ. ނުސުކް ޕްލެޓްފޯމުގައި ޚާއްސަ އެޕްލިކޭޝަނަކާ ފާހެއްވެސް ހިމެނެއެވެ. މިއަހަރުގެ ޙައްޖު މޫސުން ފެށެންވާއިރަށް އެކަމަށް ތައްޔާރުވުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން ވަނީ ނުސުކްގެ ބޭނުން އިތުރަށް ފުޅާކޮށްފައެވެ. އަދި ޙައްޖާ ބެހޭ ވުޒާރާއިން ވަނީ ޙައްޖުގެ ޤަވާއިދުތައްވެސް ހަރުދަނާކޮށްފައެވެ. އެގޮތުން ނުސުކް މަންސަ މެދުވެރިކޮށް ހުއްދަ ހޯދައިގެން މެނުވީ 1446ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދޭނެއެވެ. ނުސުކްގެ ބޭނުމަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުން ސަޢޫދީއަށް އެތެރެވާ އެންމެހާ ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މަކަރާއި އޮޅުވާލުމުގެ ތެރެއިން ޙައްޖުގެ އަޅުކަމަށްކަމަށްބުނެ މީހުން އަތުން ފައިސާ ނެގުންވެސް ހުއްޓުވޭނެއެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ނަގަންޖެހޭ ރަސްމީ ހުއްދަތައް ނުސުކު މެދުވެރިކޮށް ނުނަގާ އުޅޭނަމަ އެ މީހަކު 20 ހާސް ރިޔާލުން ނުވަތަ ދިވެހި ރުފިޔާއިންނަމަ ގާތްގަނޑަކަށް އަށްޑިހަ ތިންހާހަށްވުރެ ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރާނެކަމަށްވެސް ސަޢޫދީ ސަރުކާރުން ވަނީ އަންގާފައެވެ.

ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ޙައްޖާޖީންގެ ކަންކަން ލުއި ފަސޭހަކަމާއެކު ކުރިއަށްގެންދިޔުމަށް ޙައްޖާ ބެހޭ ވުޒާރާއިން ކޮންމެ ޙާޖީއަކަށް ނުސުކް ކާޑެއް ދޫކުރެއެވެ. މިއީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖާޖީންނަށް ދޫކުރާ ރަސްމީ ފާހެވެ. ޙައްޖުގެ އަޅުކަން އަދާކުރުމުގައި އެންމެހާ ޙާޖީންގެ އަތުގައި ހުރިހާ ވަގުތަކު މި ފާސް އޮންނަންޖެހޭނެކަމަށް ސަޢޫދީގެ ޙައްޖާބެހޭ ވުޒާރާއިން އަންގަވާފައިވެއެވެ. ނުސުކް ކާޑަކީ ޕްރިންޓުކޮށްފައި އޮންނަ ކާޑެކެވެ. ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު ނުސުކް ކާޑު ޙާޖީންގެ އަތުގައި ކޮންމެހެންވެސް އޮންނަންޖެހޭނެއެވެ. މިއީ ޙައްޖާ ގުޅުންހުރި ޚިދުމަތްތައް ހޯދާއިރު ޙައްޖާޖީންގެ އަތުގައި އޮންނަންޖެހޭ ފާހެކެވެ. މިއީ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ތަންތަނަށް ވަނުމުގައި ފަސޭހަވާނެ ވަސީލަތެއްވެސްމެއެވެ.
އެހެންކަމުން ދިވެހި ހުރިހާ ޙާޖީންވެސް ހުރިހާ ވަގުތެއްގައި ނުސުކް ކާޑު އަޅައިގެން އުޅުމަށް ޙައްޖު ކޯޕަރޭޝަނުން ބާރުއަޅުއްވައެވެ. އެއީ ދިވެހި އެއްވެސް ޙާއްޖީއަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ގެއްލުނަ ނުދިނުމަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން އަމާންކަމާއި އޮމާންކަމާއެކު ޙައްޖާޖީންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަޢޫދީ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނުސުކް ޕްލެޓްފޯމަކީ މިކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ޕްލެޓްފޯމަކަށްވާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
