
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މިދިޔަ އޭޕްރީލްމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މޭމަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ވަނީ 379 މިލިޔަން ރުފިޔާ ލިބިފައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާއި އަޅާބަލާއިރު އޭޕްރީލް މަހު އިމްޕޯޓް، އެކްސްޕޯޓް އަދި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދަލެވެ. މެއި މަހު މި އަދަދު ހުރީ 4.4 ބިލިޔަން ރުފިޔާގެ މުދަލެވެ.
އޭޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ އެކިއެކި ބާވަތްތަކެވެ. އެގޮތުން 1016 މިލިޔަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. 2 ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ އެކިއެކި ބާވަތްތަކެވެ. އެއީ ޖުމްލަ 905 މިލިޔަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެެރެކޮށްފައިވާ ޤައުމުތައް:
- ޔޫއޭއީ: 1333 މިލިޔަން ރުފިޔާގެ މުދާ
- އިންޑިއާ: 735 މިލިޔަން ރުފިޔާގެ މުދާ
- ޗައިނާ: 472 މިލިޔަން ރުފިޔާގެ މުދާ
- ސިންގަޕޫރު: 425 މިލިޔަން ރުފިޔާގެ މުދާ
- މެލޭޝިއާ: 261 މިލިޔަން ރުފިޔާގެ މުދާ
އެކްސްޕޯޓަށް ބަލާލާއިރު އޭޕްރީލްމަހު ރާއްޖެއިން 292 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އޭގެ ކުރީމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 204 މިލިޔަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 88 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު އޭޕްރިލްމަހު އާމްދަނީ ހުރީ 379 މިލިޔަން ރުފިޔާގައެވެ. މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބިފައިވަނީ 350 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 29 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. ތައިލެންޑަށް ވަނީ 186 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
