
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދިން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލައި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދިނުމަށް ވިލާތުގެ ހަތް ޤައުމަކުން ގޮވާލައިފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުން ދާ ޖަރީމާ ހަ ހަފްތާގެ މުއްދަތަށް މެދުކަނޑައިލީ ޙަމާސްއާއި ޔަހޫދީންނާ ދެމެދު ވީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް މާރިޗު މަހުގެ ތެރޭގައި ޔަހޫދީން ވަނީ ކާބޯތަކެތި ހިމެނޭ ގޮތަށް އެއްވެސް އެހީގެ ސާމާނެއް ޣައްޒާއަށް ނުވެއްދޭ ގޮތަށް ހުރަސްއަޅާފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ޣައްޒާގެ ރައްޔިތުން މިހާރު ދަނީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން އިންތިހާ ދަރަޖައަށް ތަޙައްމަލް ކުރަމުންނެވެ. 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެ، ރައްކާތެރި ސަރަޙައްދެއް ހޯދުމަށް ނުކުޅެދިފައެވެ. ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 53،000އަށް އުފުލިފައެވެ.
އައިސްލެންޑާއި އަޔަލެންޑާއި ލަކްޒަމްބޯރގްއާއި މޯލްޓާއާއި ސްލޮވޭނިޔާއާއި ސްޕެއިންއާއި ނޯވޭއިން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ އިންސާނުންގެ އަމިއްލަ އަތުން މެދުވެރި ކުރުވާ އިންސާނީ ކާރިޘާއެއް ލޯ ކުރިމަތީގައި ފެންނަމުންދާއިރު، އެ ކަމާ ހަނު ހުރެވޭކަށް ނެތް ކަމަށެވެ. އިސްރާއީލުގެ ސަރުކާރުން ޣައްޒާއާމެދު ގެންގުޅޭ ސިޔާސަތުތައް މިހާރުން މިހާރަށް ބަދަލު ކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. ޣައްޒާގައި އިތުރު އަސްކަރީ މަޝްރޫޢުތައް ކުރިއަށް ނުގެންގޮސް، އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދީ، ބޭނުން ޖެހިފައިވާ ޣައްޒާގެ އެންމެހާ ރައްޔިތުންނަށް ބައިނަލްއަޤްވާމީ އިދާރާތައް މެދުވެރިކޮށް ކާބޯޓަކެއްޗާއި ސާމާނު ފޯރު ކޮށްދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. ބަޔާނުގައި އިތުރަށް ބުނީ ކުޑަކުދުންނާއި އަންހެނުން ހިމެނޭ ގޮތަށް ޔަހޫދީން މިހާތަަނަށް 50،000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެދެވޭ ފިޔަވަޅެއް ނޭޅިއްޖެ ނަމަ އެތައް ބަޔަކު ބަނޑަށް ޖެހިގެން ޝަހީދު ވުން އެކަށީގެންވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިންސާނީ ހައްޤުތަކާއި ދިމުޤުރާތީ ހަމަތަކަށް ވަކާލާތު ކުރާ ކައުންސިލް އޮފް ޔޫރަޕުން ވެސް ވަނީ ޔަހޫދީން ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާ ކަމަށް ބުނެފައެވެ. ޔަހޫދީންގެ ޢަމަލުތައް ހުރި ގޮތުން އަންނަން އޮތް ޖީލުގެ ކުދިންގެ މެދުގައި އައު ޙަމާސެއް އުފެދުން އެކަށީގެންވާ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދެއްވައިފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީން އިހާނެތި ކޮށް ކަންތައް ކުރަމުން ދިޔުމަކީ އެ ކަމާމެދު ޔަހޫދީންނާ ސުވާލު ކުރަންޖެހޭ ކަންކަން ކަމަށް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ކައުންސިލް އޮފް ޔޫރަޕްގެ ރެޕަޓޮޔާ، ޑޯރާ ބާކޮޔޫނިސް ވެސް ވިދާޅުވިއެވެ.
ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓާލައި އެހީގެ ސާމާނު އެ ސަހަރަށް ވެއްދުމަށް ވިލާތުގެ ހަތް ޤައުމު ގޮވާލާފައި ވަނީ 160،000 ޕެލެޓުގެ އެހީގެ ސާމާނާއި 9،000 ޓްރަކުގެ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ތައްޔާރަށް އޮތް ކަމަށް އދގެ އެހީއާބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ އިޢުލާނު ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. އެހީގެ ސާމާނު ޣައްޒާއަށް ވައްދާ ނިޒާމު ބަދަލުކޮށް ވަގުތުތަކެއް ބޭކާރު ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އދގެ ރޭވުވާ އެއްގޮތަށް އެހީ ސާމާނު ބެހުމުގެ މަސައްކަތް ގެންދިޔުމަށް އޭނާ ގޮވައިލެއެވެ. އެހީގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވާނެ މީހުންނާއި އެ ތަކެތި ބަހާ ވިޔުގަތައް އދއަށް ލިބިފައިވާ އިރު، ޣައްޒާގައި މިހާރު ތިބި އާބާދީތަކުގެ އިތުބާރު ވެސް އދއަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއަށް ވެއްދުމަށް ތައްޔާރު ކޮށްފައި ހުރި ސާމާނު ވެސް ތައްޔަޔަށް ހުރި ކަމަށް ފްލެޗަރ ވިދާޅުވެފައިވެއެވެ. އދއަށް އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދީ، ވީ އެންމެ އަވަހަކަށް އަދި ރައްކާތެރި ގޮތަކަށް ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ފޯރު ކޮށްދިނުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ.
ހިނގަމުންދާ މެއި މަސް ނިމުމުގެ ކުރިން އެމެރިކާއާ ގުޅުންހުރި ފައުންޑޭޝަނެއް މެދުވެރިކޮށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް މަސައްކަތްތަކެއް އެ ޤައުމުން ދަނީ ކުރަމުންނެވެ. ނަމަވެސް އދވަނީ އެ ފައުންޑޭޝަނަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ނޫން ކަމަށް ބުނެ އެ ފައުންޑޭޝަނާއެކު މަސައްކަތް ނުކުރާނެ ކަމަށް އިޢުލާނު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
