
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓައިލުމަށް ޢިރާޤުގެ ބަޣްދާދުގައި ކުރިއަށްދާ ޢަަރަބި ލީގު ސަމިޓުގައި ޢަރަބި ޤައުމުތަކުގެ ލީޑަރުން ގޮވާލައްވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ޔަހޫދީން އެ ޙަމަލާތައް ދެމުން ދިޔައީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ދަތުރު ކުރައްވަމުން ދިޔަ ދަނޑިވަޅެއްގައެވެ. ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޔަހޫދީން ވަނީ ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދު ކޮށްލައިފައެވެ. މިއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ރޫޅުނު ފަހުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރާ ނުސީދާ މަޝްވަރާތައް ވިލަރެސްކުރުމުގައި ޤަޠަރާއެކު ބައިވެރިވާ މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ ސަމިޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޔަހޫދީން މަސައްކަތް ކުރަމުން ދަނީ ނިޒާމީ ޖަރީމާތައް ހިންގައި ޣައްޒާގެ ރައްޔިތުން ވުޖޫދުން ނައްތައިލުމަށް ކަމަށެވެ. ހަމަ އެ މޭރުމުން ވާހަކަ ދައްކަވައި ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާއު އަލް-ސޫދާނީ ވިދާޅުވީ އިސްރާއީލުން ދަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުން ކަމަށެވެ. ސަމިޓުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ވެސް ވިދާޅުވީ ފަލަސްޠީނުގެ ހުރިހާ ރައްޔިތުންނަށް ޢަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުން ދިޔަ ޖަރީމާ ހަ ހަފްތާގެ މުއްދަތަށް މެދުކަނޑައިލީ ޙަމާސްއާއި ޔަހޫދީންނާ ދެމެދު ވީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް މާރިޗު މަހުގެ ތެރޭގައި ޔަހޫދީން ވަނީ ކާބޯތަކެތި ހިމެނޭ ގޮތަށް އެއްވެސް އެހީގެ ސާމާނެއް ޣައްޒާއަށް ނުވޭގޮތަށް ހުރަސްއަޅާފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ޣައްޒާގެ ރައްޔިތުން މިހާރު ދަނީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން އިންތިހާ ދަރަޖައަށް ތަޙައްމަލް ކުރަމުންނެވެ. 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެ، ރައްކާތެރި ސަރަޙައްދެއް ހޯދުމަށް ނުކުޅެދިފައެވެ. ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 53،000އަށް އުފުލިފައެވެ.
ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް މަޝްވަރާތައް އަލުން ފަށައި ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ގޮވާލަމުންދާ ގޮވާލުންތައް އިތުރުވަމުން ދާތީ ޔަހޫދީންނަށް އޮތް ޕްރެޝަރު ދަނީ އިތުރުވަމުންނެވެ. އދގެ އެހީއާބެހޭ އިސްވެރިޔާ، ޓޮމް ފްލެޗަރވެސް ވަނީ ނަސްލުހޭދު ކުރުން ހުއްޓުވުމަށް އދގެ ސަލާމަތީ މަޖިލީހުގައި މި ހަފުތާގެ ތެރޭގައި އެދިވަޑައިގެންފައެވެ. ސަމިޓުގެ ތެރޭގައި ޢިރާޤުގެ ބޮޑުވަޒީރު ވަނީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޢަރަބި ދައުލަތްތައް އަލުން ބިނާ ކުރުމަށް ފަންޑެއް ޤާއިމު ކުރިކަން އިޢުލާނު ކުރައްވައިފައެވެ. އެ ގޮތުން ޣައްޒާއަށް އަދި ލުބުނާނަށް 20 މިލިޔަން އެމެރިކާ ޑޮލަރު އެ ފަންޑުގެ ދަށުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
