
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރަައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް, ޤަޠަރު މެދުވެރިވެ އަނެއްކާ ވެސް ކުރިއަށް ގެންދަން ފަށައިފިއެވެ. މަޝްވަރާތައް އަލުން ފަށާފައި މި ވަނީ ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށް ޣައްޒާގެ ކުށެއް ނެތް އެތައް ސަތޭކަ ރައްޔިތުންނެއް ކަތިލަމުން ދަނިކޮށެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ޣައްޒާގެ 146 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެތައް ސަތޭކަ ބަޔަކަށް ޒަޚަމްވެ ހަސްފަތާލުގައި ފަރުވާދެމުންދާއިރު ގިނަ ޢަދަދެއްގެ މީހުން އަދިވެސް ތިބީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. ހޮނިހިރު ދުވަހު މިހާތަނަށް ޝަހީދު ކޮށްލި މީހުންގެ ތެރޭގައި ގިނައީ ބައިތު ލާޙިޔާ އަދި ޖަބާލިޔާ ރެފިއުޖީ ކޭޕްމު ހިމެނޭ ގޮތަށް، ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކާއި ޚާން ޔޫނިސްގައި ޝަހީދު ކޮށްލި މީހުންނެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުން ފެންނަމުން ދަނީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ނިޒާމީ ގޮތެއްގައި ނައްތާލަމުންދާ މަންޒަރު ކަމަށެވެ. އެ ޖަމާޢަތުން ވަނީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނުވައި ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެ ގޮތް ހަމަޖެއްސުމަށް ޢިރާޤުގެ ބަޣްދާދުގައި ކުރިއަށްދާ ޢަރަބި ލީގު ސަމިޓުގައި ބައިވެރިވާ ޢަރަބި ލީޑަރުންނަށް ގޮވާލައިފައެވެ.މި ޙާލަތުގައި ޔަހޫދީން ދަނީ ޣައްޒާގެ އިތުރު ބިންތައް ހިފުމަށް ގިނަ ޢަދަދެއްގެ ސިފައިން ރަށު ތެރެއަށް ފޮނުވަމުންނެވެ. އެއީ އޮޕަރޭޝަން ގިޑިއަންސް ޝެރިއޮޓްސް ކިޔައި ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުންނެވެ. އިސްރާއީލުން މި އޮޕަރޭޝަން ފަށައި ޙަމަލާތައް ވަރުގަދަ ކުރަން ފެށީ އެ ޤައުމުގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވަމުންދާ ދަތުރަކާ ދިމާކޮށެވެ.
ޙަމާސް ޖަމާޢަތުގެ މީޑިއާއާބެހޭ މުޝީރު، ޠާހިރް އަލް-ނޫނޫ ވިދާޅުވީ މެއި މަހުގެ 17ވަނަ ދުވަހު ޙަމާސާއި ޔަހޫދީންނާ ދެމެދު އަނެއްކާ ވެސް ނުރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ކަންކަމާމެދު ވާހަކަ ދައްކަމުން ދަނީ މަޝްވަރާތަކުގެ ކުރިއަށް އެެއްވެސް ޝަރުތުކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ. އަލް-ނޫނޫ އިތުރަށް ވިދާޅުވީ މަޝްވަރާތަކުގައި ޙަމާސުން އެދޭ ގޮތް ބަޔާން ކޮށްފައިވާ ކަމަށާއި އެ ޖަމާޢަތުގެ ޝަރުތުތަކާއި މައްސަލަ ޙައްލު ކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ޙިއްޞާ ކޮށްފައިވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމާއި ޤައިދީން ބަދަލުކުރުމާއި ޣައްޒާއިން ޔަހޫދީ ސިފައިން ފޭބުމާއި ޣައްޒާގެ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެހާ ސާމާނާއި ކާބޯތަކެތި ޣައްޒާއަށް ވެއްދުމުގެ މުހިންމުކަން ފާހަގަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޙަމާސުން ޔަހޫދީންނަށް ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 52،900އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން މިހާރު ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައެވެ.
ޖަނަވަރީ މަހުގެ ތެރޭގައި ވި އެއްބަސްވުން އަލުން އިޢާދަ ކުުރުމަށް މާރިޗު މަހުން ފެށިގެން ކުރަމުންދާ ނުސީދާ މަޝްވަރާތަކުގައި މިހާތަނަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޙަމާސުން ބުނަމުން ދަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރާނީ ޔަހޫދީން ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާ ނަމަ ކަމަށެވެ. ނަމަވެސް ޔަހޫދީން ބުނަމުން ދަނީ ޙަމާސް ނައްތާނުލެވޭހާ ހިނދަކު ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެެވެ. އދގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޣައްޒާއަށް އެހީގެ ސާމާނު ނުވެއްދޭތާ ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ ރައްޔިތުން މިހާރު ކުރިމަތިލަމުން ދަނީ ބަނޑަށް ޖެހުމާ ކަމަށެވެ. އދގެ އެހީއާބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ މި ހަފްތާގެ ތެރޭގައި ވަނީ ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުން ހުއްޓުވުމަށް އދގެ ސަލާމަތީ މަޖިލީހުގަައި އެދިވަޑައިގެންފައެވެ.
މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވަމުންދާ ދަތުރުފުޅުގައި އޭނާ ވަނީ ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް ޓްރަމްޕް ވާހަކަ ދައްކަވާފައިވެއެވެ. ހިނގަމުންދާ މެއި މަސް ނިމުމުގެ ކުރިން އެމެރިކާއާ ގުޅުންހުރި ފައުންޑޭޝަނެއް މެދުވެރިކޮށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް އދވަނީ އެ ފައުންޑޭޝަނަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ނޫން ކަމަށް ބުނެ އެ ފައުންޑޭޝަނާއެކު މަސައްކަތް ނުކުރާނެ ކަމަށް އިޢުލާނު ކޮށްފައެވެ. ޓްރަމްޕްގެ ސަރުކާރުގެ ރޭވުމަކީ ޣައްޒާގެ މިލިއަނެއްހާ ރައްޔިތުން ދާއިމީ ގޮތަކަށް ލީބިޔާއަށް ބަދަލު ކުރުން ކަމަށް ބައެެއް މަސްދަރުތަކުން ބުނެއެވެ. ފަލަސްޠީނުގެ ހުރިހާ ސިޔާސީ ޖަމާޢަތްތަކުން އެ ހުށަހެޅުމަށް ދެކޮޅު ހަދައެވެ. އަދި އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްްއަޤްވާމީ ޖަމާޢަތްތަކާއި އެހީދޭ ޖަމާޢަތްތަކުން ވެސް އެ ހުށަހެޅުން ކުށްވެރި ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
