
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި މިހާރު އޮތީ ހިތަށްކުޅާދާނެ ވާވަރުގެ ޙާލަތެއް ނޫން ކަމަށާއި، މިކަމާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ ޖައްބާރު ވެރިޔާ ބެންޖަމިން ނަތަންޔާހޫ އާއި ޔަހޫދީ ދަޢުލަތުގެ އެންމެ ވަރުގަދަ މަގަދުދާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވަރަށް އަވަހަށް މަޝްވަރާކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމުގައި، ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވިދާޅުވެއްޖެ އެވެ. އަލްބޭނިޔާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މެޚްރޮން ވިދާޅުވި ގޮތުގައި، ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭ ފަދަ ދަރަޖައަށް ޣައްޒާގެ އިންސާނީ ކާރިސާ ވަނީ ގޯސްވެފައެވެ. އަދި މިއީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މެޚްރޮން ވިދާޅުވިއެވެ.
މެޚްރޮން ވިދާޅުވީ، މިހާރު އެންމެ އިސްކަމެއް ދޭންޖެހެނީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޙަމަލާތައް ބަދަލުކުރުން އަލުން ހުއްޓުވައި، ވީއެންމެ އަވަހަކަށް ޣައްޒާއަށް އެހީ ވެއްދޭނެ ގޮތެއް ހޯދުން ކަމަށެވެ. ފަލަސްޠީނުގެ ޣައްޒާ އިސްތިޢުމާރުކޮށް އަތް ދަށުކުރަން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތަކުގައި، މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 53،000 އަށް އަރައިފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.
ޔަހޫދީ ފައުޖުގެ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ކަން ކޮށްފައި ވަނީ ޓްރަމްޕްގެ ފުރިހަމަ ތާޢީދާއި އެހީތެރިކަމާ އެކުގައެވެ. އެ ދުވަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާނެ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. މިއާ އެކު، ޣައްޒާގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރު އދއާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ވަނީ ކޮށްފައެވެ. ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގައި ދިރިއުޅޭ 2 މިލިޔަނަށް ވުރެ ގިނަ މީހުންނަށް އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވުމަށް އެތަކެއް ފަހަރަކު ވަނީ މަޖުބޫރު ކުރުވާފައެވެ. އެ މީހުންގެ ގެދޮރު ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އެ އެންމެން ކޭމްޕުތަކަކަށް ނުވަތަ ބޮޑެތި ޖަލުތަކަކަށް ބަދަލު ކުރުމަށް ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޣައްޒާގެ ހުރިހާ ރައްޔިތުން ޖަލުތަކަށް ބަދަލުކޮށް، އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމަށް ޔަހޫދީން ރާވާފައި ވަނީ އެމެރިކާއާ ގުޅިގެންނެވެ. އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް ވެސް ވަނީ އުފައްދާފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ. މަސައްކަތް އެ ޖަމާޢަތުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ޔަހޫދީންނާއި އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
