
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙޫޘީ ޖަމާޢަތުން އަނެއްކާ ވެސް ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ޙޫޘީންނަކީ އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ބާރުގަދަ ލަޝްކަރެކެވެ. އެ ޖަމާޢަތުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދެމުން ދަނީ ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައެވެ. ޙޫޘީ ޖަމާޢަތުން އިސްރާއީލަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެން، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އަދި، ފަލަސްޠީނުގެ މުސްލިމުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އެއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީން ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތާ އެކު އެއްބަސްވުމެއް އެކުލަވައިލައި، ޙަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ.
ނަމަވެސް، މާރިޗު 2ވަނަ ދުވަހު ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ބޮންއަޅަން ފަށާފައެވެ. އަދި، ބަރުހަތިޔާރާ އެކު ނިރުބަވެރި ސިފައިން ޣައްޒާގެ ރަށްތަކަށް ފޮނުވައި، އެ ސަހަރުގެ މުހިންމު ސަރަޙައްދުތަކަށް އަތްގަދަ ކުރަން ފަށާފައެވެ. މާރިޗު 18ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 3,000އަށްވުރެ މައްޗަށް އުފުލިފައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އެ އަދަދު ކަށަވަރު ކޮށްދެއެވެ. ޔަހޫދީންގެ ރަށްތަކަށް ޙޫޘީންގެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަން ފެށުމާ އެކު، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ތެދުވެފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންނެވެ. އިނގިރޭސިވިލާތާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޙޫޘީން ނައްތައިލުމުގެ ނަމުގައި ޔަމަނަށް ޙަމަލާ ދޭން ފަށާފައެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ގޮސްފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. ނަމަވެސް، މޭ 7ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޙޫޘީންނާ އެކު އެއްބަސްވުމެއް އެކުލަވައިލައްވާފައެވެ. އަދި، ޔަމަނަށް ބޮންއެޅުން ހުއްޓައިލައްވާފައެވެ.
ޓްރަމްޕްގެ ސަރުކާރާއި ޙޫޘީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން އެމެރިކާގެ އަސްކަރިއްޔާއިން ޔަމަންގެ ޢާންމުން ޝަހީދު ކުރުމަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ވަނީ ހުއްޓައިލާފައެވެ. އަދި، އޭގެ ބަދަލުގައި ޙޫޘީން ވެސް ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ސިފައިންނަށް އަމާޒުކޮށް ޙަމަލާ ދިނުން މެދުކަނޑައިލާފައެެވެ. މީގެ އިތުރުން، ރަތް ކަނޑު ހުރަސްކޮށް ވިޔަފާރި މުދަލާ އެކު ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދިނުމަށް ހިންގަމުން ދިޔަ އަސްކަރީ ހަރަކާތް ވެސް ހުއްޓައިލާފައެވެ. މޭ 16ވަނަ ދުވަހު ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ޙޫޘީން ދީފައިވާ ޙަމަލާތަކަކީ، ރައީސް ޓްރަމްޕާ އެކު އަހުދުވެފައިވާ އެއްބަސްވުން އެކުލަވައިލި ފަހުން އެ ޖަމާޢަތުން ޔަހޫދީންނަށް އަމާޒުކޮށް ދީފައިވާ ފުރަތަމަ ޙަމަލާތަކެވެ. އެމެރިކާއާއި ޙޫޘީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ޔަހޫދީންގެ އެއްވެސް ބައިވެރިވުމަކާ ނުލައެވެ. އަދި، އިސްރާއީލަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ޙޫޘީން އެއްވެސް ފަހަރަކު އެއްބަސްވެފައެއް ނެތެވެ.
ޙޫޘީންގެ އެންމެ ފަހުގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވެސް ވަނީ ޔަމަނަށް ނިރުުބަވެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ޙުދަޔިދާގައި އޮތް ދެ ބަނދަރު ކަމުގައިވާ ޙުދަޔިދާ ބަނދަރާއި އަލް-ސާލިފް ބަނދަރަށެވެ. ޙޫޘީންނާ ގުޅުން އޮތް އަލް-މަސީރާ ޓީވީން ވަނީ އެ ދެ ބަނދަރަށް ޔަހޫދީ ފައުޖުން ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން އަދި ސާފެއް ނޫނެވެ. އަދި، ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ވެސް ހާމަކޮށްފައެއް ނެތެވެ. މޭ 6ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ޔަމަންގެ ވެރިރަށް ޞަންޢާގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަމަންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލިއެވެ. ޔަހޫދީ ފައުޖުން ބުނީ، އެ މީހުންގެ އަމާޒަކީ ޙޫޘީ ޖަމާޢަތުގެ ވެރިޔާ ޢަބްދުލްމަލިކު އަލް-ޙޫޘީ ޝަހީދު ކޮށްލުން ކަމުގައެވެ.
މާރިޗު 18ވަނަ ދުވަހަށް ފަހު ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ހިންގަމުންދާ އަސްކަރީ ކެމްޕޭން އިތުރަށް ފުޅާކޮށް، ވަރުގަދަ ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، އެ ދުވަހަށް ފަހު ނުރައްކާތެރި މިސައިލްތަކާއި އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން 34 ފަހަރު ޙޫޘީން އިސްރާއީލުގެ ރަށްތަކަށް ޙަމަލާ ދީފައިވާ ކަން ވަނީ ރެކޯޑު ކުރެވިފައެވެ. މި ޙަމަލާތަކުގެ ސަބަބުން ޔަހޫދީން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
