
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއިން އެއް މިލިޔަން ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، ލީބިޔާއަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވާފައިވާ ކަން ފަޅާއަރައިފިއެވެ. މި ކަން ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމުގައިވާ އެންބީސީ ނިއުސުންނެވެ. އެންބީސީ ނިއުސުން މި ކަން ރިޕޯޓު ކޮށްފައި ވަނީ، ކަމުގެ މަޢުލޫމާތު ލިބިފައިވާ ފަސް މަޞްދަރަކާ ޙަވާލާދީއެވެ. އެންބީސީ ނިއުސުން ބުނީ ޣައްޒާގެ 2.3 މިލިޔަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގަދަބާރުން މަޖުބޫރުކޮށްގެން ލީބިޔާއަށް ބަދަލު ކުރުމާ މެދު ޓްރަމްޕްގެ ސަރުކާރުން ވަރަށް ސީރިޔަސްކޮށް ވިސްނަމުންދާ ކަމުގައެވެ. އަދި، މި ކަމާ ގުޅޭ ގޮތުން ލީބިޔާގެ ސަރުކާރާ އެކު ޓްރަމްޕްގެ ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވާފައިވާ ކަމުގައެވެ.
ޣައްޒާގެ އެއް މިލިޔަން ރައްޔިތުން ބަލައިގަތުމުގެ ބަދަލުގައި އެމެރިކާއިން ލީބިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ބައެއް ފިޔަވަޅުތަަކަށް ލުއިދިނުމަށް ހުށަޙަޅާފައިވާ ކަމުގައި، މަޞްދަރުތަކާ ޙަވާލާދީ އެންބީސީ ނިއުސުން ރިޕޯޓު ކުރިއެވެ. އޭގެ ތެރޭގައި، މީގެ ދަހަރެއްހާ ދުވަސް ކުރިން އެމެރިކާއިން ފްރީޒް ކޮށްފައިވާ ނުވަތަ ހިފަހައްޓާފައިވާ ލީބިޔާގެ ބައެއް މުދަލާއި ފައިސާ ދޫކޮށްލުން ހިމެނޭ ކަމުގައި ވެސް މަޞްދަރުތަކުން އެންބީސީ ނިއުސަށް މަޢުލޫމާތު ދީފައިވެއެވެ. ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިިން ފޭރިގަތުމަކީ ޓްރަމްޕްގެ ހީލަތްތެރި ތަސައްވުރެކެވެ. ޣައްޒާއަކީ އެމެރިކާގެ މިލްކަކަށް ހެދުމަށް ބޭނުންވާ ކަން ޓްރަމްޕް ފުރަތަމަ އިޢުލާނު ކުރައްވާފައި ވަނީ ފެބުރުވަރީ މަހުގެ ތެރޭގައެވެ. ޓްރަމްޕް ބޭނުންވަނީ ޣައްޒާ ފަތުރުވެރިކަމަށް ތަރައްޤީކޮށް، އެ ތަނުން މާލީ މަންފާ ހޯދުމެވެ. މި ހަފުތާގައި ގަލްފުގެ ތިން ޤައުމަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ވެސް ޓްރަމްޕް ވަނީ ޣައްޒާ ފަޅުކޮށްލާނެ ކަމުގައި ވިދާޅުވެފައެވެ.
އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމަކަށް ހިޖުރަ ކުރުމަށް ޣައްޒާގެ ރައްޔިތުން ދަނީ އިންކާރު ކުރަމުންނެވެ. އެއީ، 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ގާއިމު ކުރަން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, ފޭރިގަތް ހިތާމަވެރި ޖަރީމާ، ނުވަތަ އަލް-ނަކްބާއާ އެއްފަދަ ޖަރީމާއެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުން ސިފަ ކުރެއެވެ. 1948ވަނަ އަހަރުގެ ނަކްބާގައި, ޒަޔަނިސްޓުންގެ އިސްރާއީލް އުފެއްދުމަށް, ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, 760,000އެއްހާ މުސްލިމުންގެ ގެދޮރު ނެތިކޮށްލިއެވެ. އަދި, އެ މީހުންގެ ބިންތަކުން އެ މީހުން ބޭލިއެވެ. ޣައްޒާއަށް ވެރިވެގަތުމަށް ބޭނުންވާ ކަން ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވުމުން އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ބައްސާމް ނަޢީމް ވިދާޅުވީ ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުވުމުގެ ބާރު އޮތީ ޓްރަމްޕްގެ އަތްދަށުގައި ކަމުގައެވެ. އަދި، ޣައްޒާއަކީ ފަލަސްޠީނުގެ ރައްޔިތުންގެ މުހިންމު ބިމެއް ކަމަށާއި، އެއީ ވިއްކައިލުމަށް ނީލަމަށް ލާފައި އޮތް ތަނެއް ނޫން ކަމުގައެވެ.
ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެ ކަން ވިލަރެސް ކުރުމަށް ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަންގެ ނަމުގައި ޖަމުޢިއްޔާއެއް ވަނީ އުފައްދާފައެވެ. މި މަހުގެ ފަހުކޮޅު، ޣައްޒާގައި އެހީ ބެހުމުގެ ކަންކަމާ ޙަވާލުވުމަށް އެ ޖަމުޢިއްޔާއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
