
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާ އިސްތިޢުމާރުކޮށް އަތް ދަށުކުރަން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތަކުގައި، މިހާތަނަށް ޝަހީދުވި މީހުންގެ 53،000 އަށް އަރައިފިއެވެ. ޣައްޒާގެ ސިއްޙީ އިދާރާ އާ ޙަވާލާދީ އަލްޖަޒީރާ ނޫހުން ބުނީ، ޔަހޫދީންގެ ނިރުބަވެރި ވައިގެ ޙަމަލާތަކުގައި މިއަދު އެކަނިވެސް 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ޙަމަލާތަކުގައި ޝަހީދުވި 143 މީހުންނާ އެކު، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ކުރިއަށް ގެންދާ ޤަތުލުޢާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 53،000 އަށް އަރާފައިވާ ކަމަށް އެ އިދާރާ އާ ޙަވާލާދީ އެ ނޫހުން ބުންޏެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަނީ ޔަހޫދީން ވަނީ އިންސާނިއްޔާތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ދަރަޖައަށް ޙަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށް ބުނެ، މި ކަން ހުއްޓުވައި ދިނުމަށް ދުނިޔެއަށް ގޮވާލައިފައެވެ. ޔަހޫދީ ފައުޖުގެ ލާއިންސާނީ ޙަމަލާތައް ވަރުގަދަކޮށްފައިމިވަނީ، ޙަމާސް ޖަމާޢަތް ނެތިކޮށްލާނެކަމުގެ އިންޒާރު، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ ޖައްބާރު ވެރިޔާ ބެންޖަމިން ނަތަންޔާހޫ ދީފައިވަނިކޮށެވެ. އަދި ޔަހޫދީ ދަޢުލަތުގެ އެންމެ ވަރުގަދަ މަގަދުދާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދިއިރުމަތީގެ އެންމެ މުއްސަނދި ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިމުމުގެ ކުރިން، ޙަމާސްގެ ބަލުމުގެ ދަށުގައި ބާކީ ތިބި އަސީރުން މިނިވަންނުކޮށްފިނަމަ، ޣައްޒާގައި ޔަހޫދީންގެ އަސްކަރީ ޙަރަކާތްތައް ފުޅާކުރާނެ ކަމުގެ އިންޒާރު ވެސް ނަތަންޔާހޫ ވަނީ ދީފައެވެ.
ފަލަސްޠީނުގެ ރައްޔިތުން އުންމީދު ކޮށްގެން ތިބީ މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅަކީ ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް އެ މަނިކުފާނު ހިތްވަރު ދެއްވާނެ ދަތުރަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް ފަލަސްޠީނުގެ ޞިއްޙީ އޮފިޝަލުން ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕް ސަޢުދީ ޢަރަބިއްޔާއަށާއި ޤަޠަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވި ފަހުން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރު ކޮށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.
ޔަހޫދީ ފައުޖުގެ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ކަން ކޮށްފައި ވަނީ ޓްރަމްޕްގެ ފުރިހަމަ ތާޢީދާއި އެހީތެރިކަމާ އެކުގައެވެ. އެ ދުވަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާނެ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. މިއާ އެކު، ޣައްޒާގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރު އދއާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ވަނީ ކޮށްފައެވެ. ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގައި ދިރިއުޅޭ 2 މިލިޔަނަށް ވުރެ ގިނަ މީހުންނަށް އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވުމަށް އެތަކެއް ފަހަރަކު ވަނީ މަޖުބޫރު ކުރުވާފައެވެ. އެ މީހުންގެ ގެދޮރު ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އެ އެންމެން ކޭމްޕުތަކަކަށް ނުވަތަ ބޮޑެތި ޖަލުތަކަކަށް ބަދަލު ކުރުމަށް ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޣައްޒާގެ ހުރިހާ ރައްޔިތުން ޖަލުތަކަށް ބަދަލުކޮށް، އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމަށް ޔަހޫދީން ރާވާފައި ވަނީ އެމެރިކާއާ ގުޅިގެންނެވެ. އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް ވެސް ވަނީ އުފައްދާފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ. މަސައްކަތް އެ ޖަމާޢަތުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ޔަހޫދީންނާއި އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
