
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބުމުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ މެލްނިއުޓްރިޝަން ޙާލަތު ފަލަސްޠީނުގެ ޣައްޒާގައި އިތުރުވަމުންދާ ކަމަށާއި ޣައްޒާގައި ދިރިއުޅޭ ކޮންމެ ފަސް މީހަކުން އެކަކު ހައިހޫނުކަމާ ކުރިމަތިލަމުންދާ ކަމަށް އދ.އިން ބުނެފިއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުގައި، މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން، ޣައްޒާއަށް އެހީ ވެއްދުމުގެ ހުރިހާ މަގެއް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ބަންދުކުރިފަހުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބިގެން ޣައްޒާގައި މިހާތަނަށް 57 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.
އދ.އިން ބުނާ ގޮތުގައި، މި އަހަރު ފެށުނު ފަހުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބުމުގެ ސަބަބުން ހާލު ދެރަވަގެން 9،000 އަށް ވުރެ ގިނަ ކުޑަކުދިންނަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ވަނީ ފަރުވާދޭންޖެހިފައެވެ. ބިމެއްގެ ނުވަތަ ޤައުމެއްގެ ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަމަށް ކަނޑައެޅުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އެ ތަނެއްގެ %20 އިންސައްތަ މީހުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރަށް ކާބޯތަކެތި ނުލިބުން ހިމެނެއެވެ. އަދި، ކުޑަކުދިންގެ އާބާދީގެ ތެރެއިން ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކަށް މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލަ ތަހައްމަލު ކުރަން ޖެހުން ހިމެނެއެވެ. އަދި، މަރުވާ ކޮންމެ 10,000 މީހުންގެ ތެރެއިން ދެ މީހަކީ ކާބޯތަކެތި ނުލިބިގެން ބަނޑަށްޖެހިގެން މަރުވާ މީހަކަށް ވާން ޖެހެއެވެ.
ކާބޯތަކެތި ރައްކާތެރިކަމުގެ ހާލަތު މޮނިޓަރު ކުރާ ބައިނަލްއަޤުވާމީ އިދާރާ، އިންޓެގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)ން ބުނީ، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގެ އާބާދީގައި ހިމެނޭ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ހޯދުމަށް ދަތިވާނެ ކަމުގައެވެ. އަދި، 469,500އަށްވުރެ ގިނަ މީހުންނަށް އެއްވެސް ވަރަކަށް ކާބޯތަކެތި ނުލިބި، އެ މީހުން ހައިހޫނުގައި ޖެހޭނެ ކަމުގައެވެ. ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަކީ ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ހަނގުރާމައިގެ އުކުޅެއް ކަމަށާއި، އެއީ އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ބުނަމުންނެވެ.
އައިޕީސީގެ ރިޕޯޓުގައި ބުނެފައި ވަނީ 2025 އޭޕްރީލާއި 2026 މާރިޗާ ދެމެދު ޣައްޒާގެ ކުޑަކުދިންގެ ތެރެއިން 71,000 ކުދިންނަށް ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލައާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، އޭގެ ތެރެއިން 41,100އެއްހާ ކުދިންގެ ހާލަތު ސީރިޔަސް ވާނެ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވެނީ އުމުރުން ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުޑަކުދިން ކަމުގައި ވެސް އައިޕީސީން އިންޒާރު ކުރިއެވެ. އެ އިދާރާގެ ރިޕޯޓު އެކުލަވައިލާފައި ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ކަމާ ގުޅޭ އިދާރާތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަމާ އެކުގައެވެ.
މީގެއިތުރުން، މާބަނޑު އަދި ގާތުންދޭ އަންހެނުންނަށް ވެސް ހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާއިރު، މިހާރު ވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބުމުގެ ސަބަބުން 17،000 އަންހެނުންނަށް ފަރުވާދޭން ޖެހިފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައެވެ. ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މާރިޗު މަހުގެ 2ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއަޅައި، ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ.
About Post Author
މާދަމާ ނިއުސް
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
