
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާ ފޭރިގަނެ، އެއީ އެމެރިކާގެ މިލްކަކަށް ހަދާނެ ކަމުގެ ތަސައްވުރު ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ތަކުރާރު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ ޤަޠަރުގައި ބޭއްވި ވިޔަފާރިއާ ގުޅޭ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ޤަޠަރަށް ވަޑައިގަންނަވާފައި ވަނީ ގަލްފުގެ ތިން ޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޣައްޒާ ފޭރިގަނެ، އެ ބިމަށް ވެރިވެގަންނަން ބޭނުންވާ ކަން ޓްރަމްޕް ފުރަތަމަ ހާމަކުރައްވާފައި ވަނީ ފެބުރުވަރީ މަހުއެވެ. އޭނާ ވިދާޅުވެފައި ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ މީހުން ރެފިއުޖީންނަށް ހަދައި، ގެދޮރު ނެތިކޮށްލާނެ ކަމުގައެވެ. އަދި، ޣައްޒާ ފަތުރުވެރިކަމަށް ތަރައްޤީކޮށް، އެ ތަނުން މާލީ މަންފާ ހޯދަން ބޭނުންވާ ކަމުގައެވެ. ޓްރަމްޕްގެ އެ ތަސައްވުރަށް ފަލަސްޠީނުގެ އިތުރުން ޢަރަބި ޤައުމުތަކާއި އެކުވެރި ދައުލަތްތައް (އދ)ގެ ފާޑުކިޔުމާ އަމާޒުވިއެވެ.
ޤަޠަރުގެ އޮފިޝަލުންނާއި ވިޔަފާރިވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޣައްޒާއަކީ މިނިވަން ކަމުގެ ސަރަޙައްދަކަށް ހެދުމަށް ބޭނުންވާ ކަމުގައެވެ. އަދި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ސަބަބުން އެ ބިމުގައި މިހާރު ސަލާމަތް ކުރެވޭނެ އެއްވެސް އެއްޗެއް ނެތް ކަމުގައެވެ. ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޓްރަމްޕް ވިދާޅުވީ، “އެ ތަނުގައި [ޣައްޒާގައި] ކޮޅަށް ހުރި އެއްވެސް އިމާރާތެއް ފެންނާކަށް ނެތް. އެއްވެސް ތަނެއް ސަލާމަތް ކުރަން އެ މީހުން [ޔަހޫދީން] އުޅޭހެން ހިއެއް ނުވޭ. މީހުން ދިރިއުޅެމުން ދަނީ ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި، އެއީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު ދެކެން ބޭނުމީ އެ ތަން [ޣައްޒާ] މިނިވަން ސަރަޙައްދަކަށް ހެދުން. އެ ތަން އެމެރިކާއަށް ލިބުމަކީ އަޅުގަނޑު ވަރަށް ފަޚުރުވެރިވާނެ ކަމެއް،” ކަމުގައެވެ.
އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމަކަށް ހިޖުރަ ކުރުމަށް ޣައްޒާގެ ރައްޔިތުން ދަނީ އިންކާރު ކުރަމުންނެވެ. އެއީ، 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ގާއިމު ކުރަން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, ފޭރިގަތް ހިތާމަވެރި ޖަރީމާ، ނުވަތަ އަލް-ނަކްބާއާ އެއްފަދަ ޖަރީމާއެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުން ސިފަ ކުރެއެވެ. 1948ވަނަ އަހަރުގެ ނަކްބާގައި, ޒަޔަނިސްޓުންގެ އިސްރާއީލް އުފެއްދުމަށް, ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, 760,000އެއްހާ މުސްލިމުންގެ ގެދޮރު ނެތިކޮށްލިއެވެ. އަދި, އެ މީހުންގެ ބިންތަކުން އެ މީހުން ބޭލިއެވެ. އެ މީހުންނާއި, އެ މީހުންގެ ޢާއިލާތަކާއި ދަރިފަސްކޮޅު މިހާރު ދިރިއުޅެމުން ދަނީ ރެފިއުޖީ ކޭމްޕުތަކުގައެވެ. ނަކްބާގެ އެއް މާނައަކީ މުސީބާތެވެ. އެ ދުވަހަކީ, ފަލަސްޠީނުގެ މުސްލިމުންނަށް ކުރިމަތިވި ބޮޑު މުސީބާތެއްގެ ފެށުމުގެ ގޮތުގައި އިސްލާމީ އުންމަތުން ގަބޫލު ކުރެއެވެ. އެ މުސީބާތަކީ ޔަހޫދީންގެ ދަޢުލަތެވެ. ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ކުރަމުންދާ އިސްތިޢުމާރީ ވެރިކަމާއި ހިންގަމުންދާ ޖަރީމާތައް ދިރާސާ ކުރުމަށް އެކުލަވައިލާފައިވާ އދގެ ޚާއްޞަ ކޮމިޓީއަކުން ބުނީ ނަކްބާގެ ދެވަނަ ބާބެއް ހިނގަމުންދާ ކަމުގެ މަންޒަރުތައް މި ވަގުތު ޣައްޒާއިން ފެންނަމުންދާ ކަމުގައެވެ.
ޣައްޒާއަށް ވެރިވެގަތުމަށް ބޭނުންވާ ކަން ޓްރަމްޕް އަނެއްކާ ވެސް ވިދާޅުވުމުން އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ބައްސާމް ނަޢީމް ވިދާޅުވީ ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުވުމުގެ ބާރު އޮތީ ޓްރަމްޕްގެ އަތްދަށުގައި ކަމުގައެވެ. އަދި، ޣައްޒާއަކީ ފަލަސްޠީނުގެ ރައްޔިތުންގެ މުހިންމު ބިމެއް ކަމަށާއި، އެއީ ވިއްކައިލުމަށް ނީލަމަށް ލާފައި އޮތް ތަނެއް ނޫން ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
