
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ސިފައިންނާއި ސޫރިޔާގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ޙަމަލާތަކެއްގައި ސޫރިޔާގެ ހަ މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ސިފައިންނާއި ސޫރިޔާގެ ހަނގުރާމަވެރިންނާ ދެމެދު ސޫރިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާތަކެއް ބަދަލު ކޮށްފައި މި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ޙަވާލުވެފައި ވަނިކޮށެވެ. އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތައް ކޮންޓުރޯލު ކުރުމުގެ ފުރުޞަތު އެޗްޓީއެސް އަދި ސޫރިޔާގެ އަސްކަރިއްޔާއަށް ވެސް ނުދޭނެ ކަމަށް ބުނެ ސޫރިޔާގެ ބޯޑަރު ސަރަޙައްދަށް އަސްކަރީ ފައުޖު ފޮނުވާފައެވެ. ނަމަވެސް ސޫރިޔާއިން ބުނަމުން ދަނީ ޔަހޫދީންނާ ދެކޮޅަށް ހަމަނުޖެހުން އުފެއްދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.
ސޫރިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި ހިނގި ކުރިމަތިލުންތަކެއްގައި ސޫރިޔާގެ 6 މީހުން ޝަހީދު ކޮށްލާފައިވާ ކަން އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ޔަޤީން ކޮށްދެއެވެ. ޚާރިޖީ ވުޒާރާއިން ބުނީ ކޯޔާ ކިޔާ އަވަށަކަށް ޔަހޫދީން ދިން ޙަމަލާގައި އިތުރު މީހުންތަކަކަށް ބޮޑެތި ޒަޚަމްތައް ވެފައިވާ ކަމަށާއި ޝަހީދުވި މީހުންގެ ޢަދަދު އަދި ވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ. އެ ވުޒާރާއިން ވަނީ ސޫރިޔާގެ ސަރަޙައްދުގައި ޔަހޫދީން ދެމުންދާ ޙަމަލާތަކާ ގުޅޭ ބައިނަލްއަޤްވާމީ ތަހުޤީޤެއް ހިންގުމަށް ގޮވާލައިފައެވެ. ޔަހޫދީންގެ އެ ޢަމަލަކީ ސޫރިޔާގެ އިސްތިޤުލާލަށް އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައި ވެސް އެ ވުޒާރާއިން ވަނީ ސިފަ ކޮށްފައެވެ. ކޯޔާއަށް ދިން ޙަމަލާގެ ކުރިން ސޫރިޔާގެ ޙުމްސުގައި ހުންނަ ދެ އަސްކަރީ މަރުކަޒަެއް ކަމަށްވާ ޓީ4 އަދި ތަދްމޫރު އަސްކަރީ މަރުކަޒަށް ވެސް ވަނީ ޙަމަލާ ދީފައެވެ.
ރައީސް އަސަދުގެ ވެރިކަމުގައި ވެސް ޔަހޫދީން ވަނީ އެތައް އަހަރެއް ވަންދެން ސޫރިޔާއަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދީފައެވެ. ލުބުނާނުގެ ހަނގުރާމަވެރި ޖަމާޢަތް ޙިޒްބުاللهއަށް ހަތިޔާރު ފޯރު ކޮށްދިނުން ހުއްޓުވުމުގެ ނަމުގައި އެ ޙަމަލާތައް މައިގަނޑު ގޮތެއްގައި ޢަމާޒު ކޮށްފައި ވަނީ އީރާނާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަށާޢި ހަތިޔާރު ގުދަންތަކަށެެވެ. އަސަދުގެ ވެރިކަން ނިމުމަކަށް އައުމުން ސޫރިޔާ މެދުވެރި ކޮށް އީރާނުން ލުބުނާނަށް ހަތިޔާރު ފޯރު ކޮށްދޭ މަގު ވެސް މި ވަނީ ބަންދުވެފައެވެ. ނަމަވެސް ޔަހޫދީން އަދި ވެސް ދަނީ ސޫރިޔާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތައް ދެމުންނެވެ. ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިޔާ ކާޔާ ކަލަސް ވަނީ ސޫރިޔާއަށް އަމާޒު ކޮށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވުމުގެ ފުރުޞަތު ބޮޑު ކަމަށް ފާހަގަ ކުރައްވައިފައެވެ. ސޫރިޔާއިން އިޒްރޭލަށް ޙަމަލާ ދީފައި ނުވާއިރު މި ޙާލަތުގައި ޔަހޫދީން ސޫރިޔާއަށް ޙަމަލާ ދޭން ޖެހޭ ކަމަށް ވިލާތުގެ އިއްތިޙާދުން ޤަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޫރިޔާގެ ދާޚިލީ ވުޒާރާއިން ވަނީ އެ ޤައުމުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް ޔަހޫދީން މަޖުބޫރު ކުރާނަމަ ޔަހޫދީން ބޭނުންވާ ގޮތަށް ޢަމަލު ނުކުރުމަށް އެ ޤައުމުގެ ރައްޔިތުންނަށް ގޮވާލައިފައެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
