
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނާއި ޕާކިސްތާނުގެ ވަކިކުރާ ހުޅަނގުގެ ސަރަޙައްދީ ރޮނގު ކައިރީގައި އަފްޣާނިސްތާނުގެ 16 ހަނގުރާމަވެރިން މަރާލާފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ، ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް އެތެެރެވާން މަސައްކަތްކުރި ހަތިޔާރު އެޅި ހަނގުރާމަވެރިންނާ މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި، 16 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. މި ކުރިމަތިލުންތައް ހިނގީ ދެކުނު ވަޒީރިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި ކަމަށް ވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުންޏެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް ތަކުރާރުކޮށް އަފްޣާނިސްތާނުގެ އިންތިޤާލީ ސަރުކާރުގެ ކިބައިން އެދިފައިވާ ކަމަށެވެ. ކުރިމަތިލުންތައް ހިނގާފައިވަނީ، ޕާކިސްތާނުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ޞާދިޤް ޚާން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ވަޑައިގެން ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ.
ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އެ ޤައުމުގައި ދޭ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބީ އަފްޣާނިސްތާން ޙިމާޔަތާއި ރައްކާތެރި ކަން ފޯރުކޮށްދޭ ހަތިޔާރު އެޅި އަދި ނިރުބަވެރި ޖަމާޢަތްތަކެވެ. ނަމަވެސް، އަފްޣާނިސްތާނުން މި ތުހުމަތު ދޮގު ކުރެއެވެ.2024 ވަނަ އަހަރު އެކަނިވެސް ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާޢަތްތަކުން 500 އަށް ވުރެ ގިނަ ޙަމަލާ ދީފައިވާއިރު، އެ ޙަމަލާތަކުގައި ސަލާމަތީ ބާރުތަކާއި އާންމުންގެ ތެރެއިން 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
