
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއާއި ޔޫކްރެއިންގެ އޮފިޝަލުންގެ މެދުގައި އިތުރު ބައްދަލުވުންތަކެއް ބާއްވާފައިވިއެވެ. ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ރަޝިޔާއާއި ޔޫކްރެއިންގެ ހަކަތައިގެ ވިއުގައާއި އިންޖީނުގެތަކުގެ އިތުރުން އުމްރާނީ ވަސީލަތްތަކުގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް ކަމުގައި ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ހާމަކުރިއެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މި ކަމާ ގުޅޭ މަޝްވަރާތަކަށް ޓްރަމްޕް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް ވަނީ ރަޝިޔާގެ އޮފިޝަލުންނާ އެކު ވެސް މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. މި މަޝްވަރާތަކާ އެކު، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ފަށާފައިވާ އެންމެ ނުރައްކާތެރި ހަނގުރާމައަށް ނިމުމެއް ގެނެވޭނެ ކަމުގެ އުންމީދު އައުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑަށް އިޙުސާސް ކުރެވެނީ [ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން] ސުލްޙަ ވާން ބޭނުންވާ ކަން. އަޅުގަނޑު ޤަބޫލު ކުރަނީ ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދާ މަޝްވަރާތަކުގައި ތިޔަ ބޭފުޅުންނަށް ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ ކަމުގައި، ޚާއްޞަ ގޮތެއްގައި ކަޅު ކަނޑުގެ ސަރަޙައްދުގައި ދެ ޤައުމުގެ އުޅަނދުފަހަރަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން. އެއަށް ފަހު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުން ހުރިހާ ހިސާބަކަށް ފުޅާ ކުރެވިގެންދާނެ،” ވިޓްކޮފް ވިދާޅުވިއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، އެމެރިކާއާ އެކު ބާއްވަމުންދާ މަޝްވަރާތަކަށް އޭނާގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެމުންދާ ކަމުގައެވެ. “މަޝްވަރާތައް ވަރަށް ފައިދާކުރަނިވި، [ޔޫކްރެއިންގެ] ވަފުދުގެ މަސައްކަތްތައް ދަނީ ކުރިއަށް. އަޅުގަނޑުމެންގެ ބައިވެރިންނާ އަޅުގަނޑުމެން ކޮންމެ ވާހަކައެއް ހިއްސާ ކުރި ނަމަވެސް، އެންމެ މުހިންމު ކަމަކީ ޙަމަލާ ދިނުން މެދުކަނޑައިލުން ޕުޓިން [ރަޝިޔާގެ ފައުޖުތަކަށް] އަމުރު ކުރެއްވުން،” އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ހަކަތައިގެ ވިއުގައާއި އިންޖީނުގެތަކަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް 30 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް ޕުޓިން ހުސްވި ހަފުތާގައި ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ. އެއީ، ޓްރަމްޕްގެ ހުށަހެޅުއްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޔޫކްރެއިނުން ބުނީ، ރަޝިޔާގެ ޙަމަލާތައް މެދުކަނޑައިލާފައި ނުވާ ކަމުގައެވެ. އަދި، ވެރިރަށް ކީވަށް އަމާޒުކޮށް ރަޝިޔާއިން ދިން ޑްރޯން ޙަމަލާތަކެއްގައި ތިން މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ފަސް އަހަރުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމުގައެވެ. އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް، ޔޫކްރެއިނުުން ވެސް ވަނީ ރަޝިޔާގެ ހަކަތައިގެ ވިއުގައާއި އިންޖީނުގެތަކަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. ނަމަވެސް، ޔޫކްރެއިންގެ ފައުޖުތަކުން އެ ގޮތަށް އަމަލު ކުރަމުން ނުދާ ކަމުގައި ރަޝިޔާއިން ތުހުމަތު ކުރިއެވެ. މި ގޮތުން، ރަޝިޔާގެ ހުޅަނގުދެކުނުގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން 59 ޑްރޯން ބޭނުން ކޮށްފައިވާ ކަމަށާއި، އެ ޑްރޯންތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ރަޝިޔާގެ އިދާރާތަކުން ބުންޏެވެ.
އެއްބަސްވުމާ ޚިލާފަށް ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަމުން ދިޔަ ނަމަވެސް ޓްރަމްޕް ވިދާޅުވީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ހުއްޓުވުމަށް އޭނާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމުގައެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ ބްލޫމްބަރގް ނޫހުން ބުނީ، އޭޕްރިލް 20ވަނަ ދުވަހުގެ ކުރިން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
