
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ދެކުނު ކޮރެޔާގެ ވަގުތީ ރައީސް ކަމުގެ މަޤާމުން ދުރު ކޮށްފައިވާ ބޮޑުވަޒީރު ހަން ދޮކް-ސޫ، އެ މަޤާމަށް އަލުން ރުޖޫއަ ކުރުމަށް ދުސްތޫރީ ކޯޓުން ޙުކުމް ކޮށްފިއެވެ. ވަގުތީ ރައީސް ކަމުގެ މަޤާމަށް ހަން އަލުން ރުޖޫއަ ކުރުމަށް ދުސްތޫރީ ކޯޓުން ޙުކުމް ކޮށްފައި މި ވަނީ، އޭނާއާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލީހުން ކޮށްފައިވާ ދަޢުވާ ބާޠިލު ކުރުމަށް ފަހުއެވެ.
ދެކުނު ކޮރެޔާގެ ރައީސް ކަމުގެ މަޤާމާ ހަން ވަގުތީ ގޮތުން ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ، އެ މަޤާމުގައި ހުންނެވި ޔޫން ސުކް ޔޯލް މަޤާމުން ދުރުކުރުމާ ގުޅިގެންނެވެ. ރައީސް ކަމުގެ މަޤާމުން ޔޫން ދުރު ކޮށްފައި ވަނީ އެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި، ބަޣާވާތެއް ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ. ދުސްތޫރީ ކުށަކަަށް ޔޫން އަރައިވަޑައިގަންނަވާފައި ކަމަށް ފާސް ކޮށްފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުންނެވެ. އެ މަޖިލީހުގެ ނިންމުމުގެ ސައްޙަ ކަން ކަނޑައެެޅުމުގެ މައްސަލަ ދުސްތޫރީ ކޯޓުގައި މިިހާރު ދަނީ ހިނގަމުންނެވެ.
“އަޅުގަނޑު ޤަބޫލު ކުރަނީ ހުރިހާ ރައްޔިތުންގެ އަޑު ވަރަށް ސާފުހެން، އެއް އަޑެއްގައި އެ މީހުން ގޮވައިލަމުން އެ ދަނީ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެންނަން ޖެހޭ ކަން،” ވަގުތީ ގޮތުން ރައީސް ކަމުގެ މަޤާމަށް ހާން ރުޖޫއަ ކުރުމަށް ދުސްތޫރީ ކޯޓުން ފާސް ކުރުމާ ގުޅިގެން ޓީވީ މެެދުވެރިކޮށް ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަ ފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. ކޯޓުން ނިންމާފައި ވަނީ ވަރަށް ބުއްދިވެރި ނިންމުމެއްގެ ގޮތުގައި ސިފަ ކުރައްވައި، މަޤާމުން ދުރުކޮށްފައި ހުރި މުއްދަތުގައި ކެބިނެޓުން ކޮށްފައިވާ ބުރަ މަސައްކަތްތަކަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. ދެކުނު ކޮރެޔާއަކީ އުފެއްދުންތައް ބޭރު ޤައުމުތަކަށް އެކްސްޕޯޓު ކުރާ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ޤައުމެކެވެ. އެ ޤައުމުގެ ރައީސް ކަމުގެ މަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވި ހަން، އެ މަޤާމުން ދުރު ކޮށްފައި މި ވަނީ، އެމެރިކާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ކުރަމުން ދިޔަ ހައްސާސް ދަނޑިވަޅެއްގައެވެ. ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުގެ ސަބަބުން، ދެކުނު ކޮރެޔާއަށް ވެސް އެ ކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ދެކުނު ކޮރެޔާގެ ސިޔާސީ މަސްރަޙު މި ވަގުތު އޮތީ ވަރަށް ހަލަބޮލިވެފައެވެ. މައްސަލަގަނޑު ފެށިގެން ދިޔައީ ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި، ބަޣާވާތެއް ކުރެއްވުމުގެ ނިޔަތުގައި ޔޫން ކުއްލިހާލަތު އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ. އެއީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ. ޤާނޫނު ހަދާ މަޖިލީހުގެ ރުހުމާ ނުލައި ކުއްލިހާލަތު އިޢުލާނު ކުރެއްވުމާ އެކު، އެ މަޖިލީހުން ވަނީ ޔޫން ޣައިރުޤާނޫނީ ކުށެއް ކުރައްވާފައިވާ ކަމަށް ކަނޑައަޅައި، މަޤާމުން ދުރު ކޮށްފައެވެ.
ޔޫންގެ ބަދަލުގައި އެ މަޤާމާ ވަގުތީ ގޮތުން ޙަވާލުވެ ވަޑައިގެންނެވި ހަން އެ މަޤާމުން ދުރު ކުރުމަށް ފާސް ކޮށްފައި ވަނީ ޑިސެންބަރު 27ވަނަ ދުވަހުއެވެ. ހަންއާއި ޤާނޫނު ހަދާ މަޖިލީހާ ދެމެދު މައްސަލަގަނޑެއް އުފެދުނީ، ދުސްތޫރީ ކޯޓަށް އިތުރު ތިން ފަނޑިޔާރުން ޢައްޔަން ކުރުމަށް ޤާނޫނު ހަދާ މަޖިލީހުން ހުށަހެޅުމުން، އެ ކަމަށް އިންކާރު ކުރެއްވުމާ ގުޅިގެންނެވެ. ހަން ދުސްތޫރީ ކުށެއް ކުރައްވާފައިވާ ކަމަށް ޤާނޫނު ހަދާ މަޖިލީހުން ކަނޑައަޅާފައިވާ ނިންމުން ބާޠިލު ކޮށްފައި ވަނީ ދުސްތޫރީ ކޯޓުގެ އަށް ފަނޑިޔާރުންގެ ތެރެއިން ހަތް ފަނޑިޔާރުންގެ ތާޢީދާ އެކުގައެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
