
ދިވެހިރާއްޖޭގައި އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި މަސައްކަތުގެ ދަށުން އުފާވެރިކަމުގެ މިންގަނޑު ކަނޑައަޅާއިރު، އުފާވެރިކަމާ ގުޅިފައިވާ ގިނަ ދާއިރާތަކަކަށް ރިޢާޔަތްކުރެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ އުފާވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމުގެ މަސައްކަތުގެ ދަށުން އެކި ދާއިރާތަކާ މެދު ދިވެހިން ހިތްހަމަޖެހޭތޯ ބެލޭނެކަމަށެވެ. އެގޮތުން އިސްލާމްދީނާ އެއްގޮތަށް އަމަލުކުރުމާއި، އިގްތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަމަށް އިސްކަންދިނުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ދުނިޔޭގެ އުފާވެރިކަމުގެ ދުވަސް ފާހަގަކުރެވެމުންދާއިރު ދިވެހިރާއްޖޭގައި އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅުމުގެ މަސައްކަތް އަޅުގަނޑުމެން މި ވަނީ ފަށާއިފަ. އެ ގޮތުން އިސްލަމްދީނާ އެއްގޮތަށް ޢަމަލުކުރުމަށް، އިގްތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަމަށް އިސްކަންދިނުން، ސިއްހަތާ، ދުޅަހެޔޮކަމާ، ތިމާވެށްޓާ، ދެމެހެއްޓެނިވި ތަރައްޤީއަށް ޢަމަލުކުރުމަށް އަދި ޓެކްނޮލޮޖީއާއި، މީޑިއާގެ ބޭނުންކުރުމާ، ސަޤާފަތާއި އާދަކާދަ ދިރުވުމުގެ އިތުރުން އަމާންކަމާ ރައްކާތެރިކަމުގެ ވެށްޓެއް ޤާއިމްކުރުމާ، މުޖުތަމަޢުގެ ބަދަހިކަމަށް އިސްކަންދީގެން މަސައްކަތްކުރުން ހިމެނެ” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތަފާތު ދާއިރާތަކުން އެކަށޭނެ އިންޑިކޭޓާސްތަކެއް ތައްޔާރުކުރެވި، ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން މިންކުރެވޭނެ ގޮތެއް ކައިރި ތާރީޚެއްގައި ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
