
ދެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މިދިޔަ އަހަރުގެ ރިޕޯޓްތައް ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މި މަހުގެ އެއްވަނަ ދުވަހާ ހަމައަށެވެ. ރާއްޖޭގައި 9 ސިޔާސީ ޕާޓީއެއް ހިންގަމުން އަންނައިރު 2024ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ 7 ޕާޓީއަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެއީ ޕީއެންސީ އާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއެންޕީ އާއި އެމްޑީއޭގެ އިތުރުން ދަ ޑިމޮކްރެޓްސްއެވެ.
އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް އަހަރީ ރިޕޯޓް ހުށަނާޅަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފް އާއި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީންނެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އަހަރީ ރިޕޯޓުތައް އާންމުކުރި ޕާޓީތަކުގެ ތަފްސީލް ހާމަކުރި ފުރަތަމަ ފަހަރެވެ. މި ތަފްސީލުތައް އާންމުކުރަން އެކޮމިޝަނުން ނިންމީ ޕާޓީތައް މޮނިޓަރ ކުރުން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަހުމާން ސަލާހު ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަނާޅާ ދެ ޕާޓީއާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެ ދެ ޕާޓީއަށް އަންގާރަ ދުވަހާ ހަމައަށް ރިޕޯޓް ހުށަހެޅުމަށް އިތުރު ފުރުސަތު ދެއްވި ކަމަށްވެސް ކޮމިޝަނުގެ ނައިބު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
