
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި 3-0 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް އިންޑިއާ ކުރި ހޯދައިފިއެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން އިންޑިއާގެ ޝިލޮންގުގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަކީ އިންޑިއާ ގައުމީ ޓީމުން އައު ކޯޗު މަަނޯލޯ މާކުއޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަަތަަމަ މެޗެވެ. މި މެޗުގައި އިންޑިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ، އެ ޓީމުން ރިޓަޔާކުރިކަން މިދިޔަ އަހަރުގެ ޖޫން މަހު އިއުލާނުކުރި 40 އަހަރުގެ ފޯވާޑް ސުނިލް ޗެތުރީ އެވެ. މި މެޗުގެ ވަރަށް ކުރީކޮޅު އިންޑިއާއިން ގެންދިޔައީ ރާއްޖެއަށް ޕްރެޝަރު ކުރަމުންނެވެ.
ގިނަ ވަގުތު ރާއްޖޭގެ އޭރިއާ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އިންޑިއާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން ރާއްޖޭގެ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ކުރި ފައުލަކާއި ގުޅިގެން އިންޑިއާއަށް ލިބުނު ހިލޭ ޖެހުމެއްގައި ލިސްޓަން ކޮލާސޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑީގެ އަރިމަތިން ބޭރަށެވެ.

މި މެޗުގެ ފުރަތަމަ ލަނޑު އިންޑިއާއިން ކާމިޔާބުކުރީ 35 ވަނަ މިނެޓުގައި ކޯނަރަކުން އިންޑިއާގެ ރާހުލް ބޭކޭ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައަކުންނެވެ. އަދި އިންޑިއާއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައި މަހޭޝް ސިންގް ނަގައިދިން ބޯޅައަކުން ލިސްޓަން ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުގައި އިންޑިއާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ލިސްޓަން ނެގި ބޯޅައަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. މިއީ ޗެތުރީ ރާއްޖެ ކޮޅަށް ޖެހި އަށްވަނަ ލަނޑެވެ. އަދި އޭނާގެ 95 ވަނަ ބައިނަލްއަގުވާމީ ލަނޑެވެ.
މި މެޗަށްފަހު އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި އިންޑިއާއިން މި މަހު 25 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭއިރު، ރާއްޖެއިން އެ ދުވަހު ރަށުންބޭރުގައި ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
