
ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ވަރުގަދަ މެޗުތަކެއް ކުޅެވޭނެ އެވެ. ކުއާޓަރ ފައިނަލުގެ ހަތަރު މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރުތައް މިރޭ ކުޅޭއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް މެޗަކީ މީގެ ކުރިން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީ އާއި ޖަރުމަން ބައްދަލުކުރާ މެޗެވެ. މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި މިރޭ ރާއްޖެ ގަޑިން 12:45 ގައި ކުޅޭ މެޗަށް މި ދެ ޓީމު ނިކުންނައިރު ޖަރުމަނުން މި ހިސާބަށް ދަތުރު ކޮށްފައިވަނީ ގްރޫޕް އޭ3 ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ޖަރުމަން އިން ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށްފަ އެވެ.
ޖަރުމަނުން މި މެޗަށް ނިކުންނައިރު އެ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ތޯމަސް މުލާ އާއި ޓޯނީ ކްރޫޒްގެ އިތުރުން މެނުއެލް ނޯޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާއިއެކު އެ މަގާމުތަކަށް އައު ކުޅުންތެރިން ކޯޗު ވަނީ ނަގާފަ އެވެ. އަނެއްކޮޅުން މި މެޗަށް އިޓަލީ ނިކުންނައިރު އެ ޓީމުން ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީ އަށް އޮތް ހަމައެކަނި އުނދަގުލަކީ އެ ޓީމުގެ ފޯވަޑް މަޓެއޯ ރެޓެގުއި ނެތްތަން ފޫބައްދާނެ ކުޅުންތެރިއަކު ހޯދުމެވެ. ސްޕަލޭޓީ ބުނެފައިވާ ގޮތުގައި ޖަރުމަނާއި ދެކޮޅަށް ކުޅޭ ދެ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ އެވެ.
ކުއާޓަރ ފައިނަލުގައި ކުޅޭ އެހެން މެޗުތަކަށް ބަލާއިރު ޑެންމާކާއި ޕޯޗުގަލް, ނެދަލޭންޑްސް އާއި ސްޕެއިންގެ އިތުރުން ފްރާންސް އާއި ދެކޮޅަށް ކްރޮއޭޝިއާ ކުޅޭ މެޗު ހިމެނެ އެވެ. ފުރަތަމަ ލެގުގައި މިރޭ ކުޅޭ މެޗުތަކަށްފަހު މި ޓީމުތައް ދެވަނަ ލެގުގައި ބައްދަލުކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ. މީގެ އިތުރުން މިރޭ ނޭޝަންސް ލީގުގެ ޕްލޭއޮފްގައި ޔޫކްރޭން އާއި ދެކޮޅަށް ބެލްޖިއަމް ކުޅޭނެ އެވެ. މި މެޗަކީ ކުރިއަށް އޮތް ސީޒަނުގައި މި ދެ ޓީމުގެ ތެރެއިން އޭ ކެޓަގަރީގައި އޮންނާނީ ކޮން ޓީމެއްތޯ ކަނޑައެޅުމަށް ކުޅެވޭ ޕްލޭއޮފް މެޗެކެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
