
(ފޮޓޯ ކްރެޑިޓްސް: ގެޓީ)
އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ދަރިފުޅު, ލުއިސް ބުފޮން ކުޅޭނީ އިޓަލީގެ ބަދަލުގައި ޗެކް ރިޕަބްލިކުގެ ގައުމީ ޓީމަށް ކަމަށް އޭނާ ބުނެފިއެވެ. އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލުކީޕަރުންގެ ތެރޭގައި ހިމެނޭ ބުފޮންގެ 17 އަހަރުގެ ދަރިފުޅު, ލުއިސް ވަނީ ޗެކް ރިޕަބްލިކްގެ 18 އަހަރުން ދަށުގެ ޓީމުން އިނގިރޭސިވިލާތާއި ފްރާންސްގެ އިތުރުން ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި ހިމަނާފަ އެވެ.
އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ ޕިސާ އަށް ކުޅެމުންދާ ލުއިސް ބުފޮން ބުނެފައިވަނީ އޭނާ ޗެކް ރިޕަބްލިކްއަށް ކުޅެން ނިންމީ އާއިލާގެ މެމްބަރުންނާއިވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. ލުއިސް ބުފޮންގެ މަންމަ އަކީ ޗެކް ރިޕަބްލިކްގެ މަޝްހޫރު މޮޑެލް އެކެވެ. “އަހަރެން އާއިލާގެ މެމްބަރުންނާއި މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރިން. އަދި މިއީ އަހަރެންގެ ފުޓްބޯޅަ ކެރިއަރާއި އަދި ކުރިއެރުމަށް އެންމެ ރަގަޅު ގޮތްކަމަށް ގަބޫލުކުރެވޭތީ ޗެކް ރިޕަބްލިކަށް ކުޅެން ނިންމީ.” ލުއިސް ބުންޏެވެ.
އެއް ފެންވަރެއްގައި 28 އަހަރު ކުޅުނު ޖިއާންލުއިޖީ ބުފޮން ވަނީ އިޓަލީގެ ގައުމީ ޓީމަށް 176 މެޗު ކުޅެދީފަ އެވެ. އަދި އިޓަލީގެ ސެރިއާ 10 ފަހަރު ޔުވެންޓަސް އާއިއެކު އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ޕީއެސްޖީ އާއިއެކު ފްރެންޗް ލީގު ވަން ކާމިޔާބުކޮށްފައިވާއިރު ޕާމާ އާއިއެކު ޔޫއެފާ ކަޕް ވަނީ ކާމިޔާބުކޮށްފަ އެވެ. ލުއިސް ބުފޮން އިތުރަށް ބުނެފައިވަނީ ފުރަތަމަ ފަހަރަށް އޭނާއަށް ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުމުން އެކަމާ އޭނާގެ މަންމަ އާއި ބައްޕަވެސް އުފާވެފައިވާ ކަމަށެވެ.
“މިއީ އަހަރެންނަށް ގައުމީ ޓީމުން ފުރުސަތު ލިބޭ ފުރަތަމަ ފަހަރު އަދި އެކަމާ ބައްޕަގެ އިތުރުން މަންމަވެސް އުފާ ކުރޭ. އަހަރެންގެ ބައްޕަ ބުނި ޗެކް ރިޕަބްލިކް އަށް ކުޅެން އަދި އެކަމުގެ ސަބަބުން އޭނާގެ ކުރިއެރުމަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށް.” ލުއިސް ބުންޏެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
