
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މ. މުލީގައި ހަދަމުން އަންނަ އެއާޕޯޓްގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށް އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެމްޓީސީސީން ވިދާޅުވީ، ޕްރޮޖެކްޓް ސައިޓްގައި މިހާރު ކުރިއަށް ދަނީ ޑިޒައިން އެންޑް ބިލްޑް ޓާމިނަލް ބިލްޑިން އާއި ފަޔާ ބިލްޑިން ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. މުލީގެ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. އެމްޓީސީސީއާއި އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ބިންހިއްކައިގެން 1200 މީޓަރުގެ ރަންވޭއަކާއި، އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 212 މިލިއަން ރުފިޔާއަށެވެ.
2021 ވަނަ އަހަރު އެކުންފުންޏާއި މަސައްކަތް ހަވާލު ކުރި ނަމަވެސް، މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ފައިސާގެ ދަތިކަމާއި ގުޅިގެން ކަމަށް މީގެ ކުރިން އެމްޓީސީސީން ވަނީ ބުނެފައެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި 12އަށް ވުރެ ގިނަ އެއާޕޯޓް ގާއިމްކޮށްފައިވާއިރު، އިތުރު އެއާޕޯޓްތައް ވެސް ގާއިމްކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް 30 މިނެޓު ތެރޭގައި ދެވޭނެ އެއާޕޯޓް ގާއިމްކުރުމެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
