
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
އެފްއޭއެމުން ސަރުކާރު ކުންފުނިތަކުގެ ދައްކަންޖެހޭ ދަރަނީގެ ކަންކަން ހައްލު ކުރުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ. މީރުމާގައި ހޮޓަލުގައި ރޭ ބޭއްވި އެފްއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވީ “އިރާދަ ކުރެއްވިއްޔާ އެކަން ނިމިގެންދާނީ ވަރަށް ފަހި ގޮތަކަށް،” ކަމަށެވެ. “އެފްއޭއެމުން ސަރުކާރުގެ ކުންފުނިތަކަށް ދަރާފައިވާ ދަރަނި ދެއްކުމުގައި މިނިސްޓްރީން މިހާރު މިގެންދަނީ ސަރުކާރު ކުންފުނިތަކާ ވާހަކަ ދައްކަމުން،” މިނިސްޓަރ ރާފިއު ވިދާޅުވި އެވެ.
ނަމަވެސް މިއީ ކިހާ ފައިސާއެއް ކަމެއް އަދި ދަރާފައިވަނީ ކިތައް ކުންފުންޏަށް ކަމެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ. ނަމަވެސް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަދަދު 30 މިލިއަނާ ގާތްކުރެ އެވެ. މިނިސްޓަރ ރާފިއު ވިދާޅުވީ އެފްއޭއެމުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިއުމަށް މިނިސްޓްރީން ގިނަ އެހިތެރިކަމެއް ވެދެއްވަމުން އަންނަ ކަމަށެވެ. މި ގޮތުން އެފްއޭއެމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގަލޮޅު ދަނޑުގައި އޮފީސް ހަދައިދިނުމާއި މުބާރާތްތައް ބާއްވައިދިނުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީގެ މުވައްޒަފުން ބޭނުން ކުރެވޭނެ ގޮތް ވެސް ހަމަޖައްސާދީފައިވާނެ ކަމަށެވެ.
މީގެ އިތުރުން ގައުމީ ޓީމުތައް ރާއްޖޭން ބޭރުގެ މުބާރާތްތަކާއި މެޗުތައް ކުޅުމަށް މިހާތަނަށް އެފްއޭއެމުން އެދުނު ކޮންމެ ކަމަކަށް ވެސް އިޖާބަދީފައިވާނެ ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅަ އިދާރާ އެފްއޭއެމް މިވަގުތު އޮތީ މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮއްސުންލައި ދިއުމުން ފީފާއިން ނޯމަލައިޒް ކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
