
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ސޮއިކުރުން ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ. ސޮއި ކުރުމުގެ މަޝްރޫއު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު މެންދުރުއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުތަކުގައި ހިމެނޭ މަޝްރޫއުތަކުގައި ސޮއިކުރުން ވެސް ހިމެނެއެވެ. މިގޮތުން ހޮނިހިރު ދުވަހު ސޮއި ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ޢިޢުލާން ކުރައްވާފައެވެ.
އެގޮތުން ހޮނިހިރު ދުވަހު ސޮއި ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
- ލ. މައިބާދޫ ( ޤުރުއާނާ ބެހޭ މަރުކަޒް)
ޅ. އޮޅުވެލިފުށި. (ޤުރުއާން މަރުކަޒު)
ށ. ނޫމަރާ، (މިސްކިތް)
ހދ. ނެއްލައިދޫ، (މިސްކިތް)
ތ. ހިރިލަންދޫ ( މިސްކިތް)
ރ. އިނގުރައިދޫ ( މިސްކިތް)
ސ. ފޭދޫ ( މިސްކިތް)
ބ. ކުޑަ ރިކިލު ( މިސްކިތް)
ނ. ހެނބަދޫ، ( މިސްކިތް)
ހއ. އުތީމު (މިސްކިތް)
ތ. ވޭމަންޑޫ.( މިސްކިތް)
ށ. ފޯކައިދޫ ( އިސްލާމީ މަރުކަޒު)
ބ. މާޅޮސް، ( މިސްކިތް)
އއ. ފެރިދޫ ( މިސްކިތް)
ހއ. ބާރަށް ( މިސްކިތް)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން ކުރަން ވަޢުދުވެވަޑައިގެންފައިވާ ގިނަ ކަންކަން ވުޒާރާއިން މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވަޤުފް އިމާރާތްތަކުގެ މަސައްކަތާއި، ޒުވާން ޙަޠީބުންގެ މަޝްރޫޢުއާއި، ޒުވާން ޙާފިޡުން އުފެއްދުމާއި ޙާފިޡުންނަށް ފުރުސަތު ފަހިކޮށްދިނުން ފާހަގަކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
