
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، (މޯލްޑިވިއަން) އިން މި އަހަރުގެ މެދުތެރޭގައި ދެކުނު އެފްރިކާގެ ޖޮހަނެސްބާގްއަށް ސީދާ ދަތުރުތައް ފަށާނެ ކަމަނެ ކަމަށް އިއުލާނުކޮށްފިއެވެ. މިއީ އެ އެއާލައިނުން ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އަޅާ އިތުރު ފިޔަވަޅެކެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދެކުނު އެފްރިކާއަށް ދަތުރުތައް ފެށިގެން ދިޔުމުން ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެން އަންނާނެ ކަމަށާއި އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު މާކެޓެއް ކަމަށެވެ.
“މާލެ އާއި ޖޮހަނެސްބާގާ ދެމެދު ކުރާ ފްލައިޓަކުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ! ސައުތު އެފްރިކާއަކީ މުހިންމު މާކެޓެކެވެ. ސީދާ މަގަކުން ދަތުރުކުރާ މީހުންގެ ދަތުރުގެ ވަގުތު 24 ގަޑިއިރުން 8 ގަޑިއިރަށް ކުޑަވެގެންދާނެއެވެ.” އަމީން ވިދާޅުވިއެވެ.
މިހާރު ދެކުނު އެފްރިކާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ނިސްބަތުން ވަރަށް މަދުކަން ވެސް އޭނާ ފާހަގަކުރެވެއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް އިލްޔާސް، މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ މި ދަތުރުތައް ފުރަތަމަ ފަށާއިރު ހަފްތާއަކު އެއް ދަތުރު ކުރާނެ ކަމަށާއި އުންމީދަކީ އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު، ޖެނުއަރީ މަހު، މޯލްޑިވިއަނުން ވަނީ އެއަރބަސް އޭ330 ބޯޓެއް ގެނެސް ޗައިނާއަށް ދަތުރުތައް ފަށާފައެވެ. މި ބޯޓަކީ 264 ފަސިންޖަރުން އުފުލޭ ބޯޓެކެވެ. މިހާރު މި ބޯޓުން ޗައިނާގެ ތިން ސިޓީ ކަމަށްވާ ބެއިޖިންގ، ޗެންގްދޫ އަދި ޝަންހާއީއަށް ސީދާ ދަތުރުތައް ކުރަމުން ގެންދެއެވެ. މީގެ އިތުރުން، މޯލްޑިވިއަނުން ވަނީ މި އަހަރު ތެރޭގައި ޖަރުމަނުވިލާތަށް ވެސް ދަތުރުތައް ފަށާނެ ކަމަށް އިޢުލާނުކޮށްފައެވެ. އަދި އިތުރު އޭ330 ބޯޓެއް ގެނެސް ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ރާވާފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ދިވެހިރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ފާހަގަކުރެވެއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް، 500،233 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 478،410 ފަތުރުވެރިންނެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 4.6 އިންސައްތަ އިތުރެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
