
ޒާތީނުވެ ސިޔާސީ ވެވިދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކަށް ފެށެނީ “ވަރަށް ނުބައި ޓްރެންޑެއް” ކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ. “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ޝައްމާން ވިދާޅުވީ ޒާތީ ނުވެ ސިޔާސީ ވެވިދާނެ ކަމަށެވެ. އަދި ހާއްސަކޮށް ސިޔާސީ ބޭނުމަށް ސިޔާސީ މައިދާނުގައި އެއްގޮތަކަށް ވެސް ނޫޅޭ ކުޑަ ކުދިންނާއި އަންހެން ކަނބަލުންގެ ކަރާމާތް ގެއްލުވާ ނުލުމަށް އެދިވަޑައިގަތެވެ. އޭގެ އިތުުރުން، ތި “ސެޓް ކުރެވެނީ ވަރަށް ނުބައި ޓްރެންޑެއް އަދި ދައްކުވައި ދެވެނީ ވަރަށް ގޯސް މިސާލެއް” ކަމަށް ޝައްމާން ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު (މަންދީ) ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކާފައެވެ. މާލޭގައި ބޭއްވި އެމްޑީޕީގެ އެއްވުމެއްގައި މަންދީ ވަނީ ޒުވާނުން “ބިޑި އޮޅަން” ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޯން ފެށުމުން ކަމަށް ބުނެ ދޮގު ވާހަކަތަކެއް ދައްކާފައެވެ. މި ވާހަކަތައް ކުށްވެރިކޮށް އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބުކޮށް ވާހަކަދައްކާފައިވަކަން ފާހަގަކުރެވޭ ކަމަށެވެ.
މިގޮތުން ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ދައްކާފައިވުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، މިކަން ހަރުކަށު އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. “އަދި މިފަދަ ކަންކަން ހުއްޓުވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަަކަށް ގޮވާލަމެވެ. އެ ކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުން ވެސް އަދި ނުސީދާގޮތުން ވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް މި ކޮމިޝަނުން ގޮވާލަމެވެ.”
ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރު ކަމާއެކު މި ހައްގުތައް ބޭނުން ކުރުމަށް ވެސް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
