
ސިޔާސީ ބޭނުމަށް ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނާތީ ގިނަބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ. އެމްޑީޕީން މިހާރު ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން، އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ވަނީ ދައްކައިފައެވެ.
މިކަމާއި ގުޅިގެން ގިނަބަަޔަކު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަމުންދާއިރު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މައުސޫމް ކުޑަކުދިންގެ އިމްތިޔާޒުތަކާއި ޙައްޤުތަކަށް އަރައިގަތުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކަށް ހިތްވަރުދޭ ކަމަށް ދޭހަވާ ގޮތަށް ހަނުހުރުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި އެކުދިންގެ ކަރާމާތަށް އަރައިގަންނަ މާހައުލެއް އުފެދިއްޖެނަމަ، ރާއްޖޭގެ ޒުވާން ޖީލު ހަލާކުވެ، މުޅި ޤައުމުގެ މުސްތަޤުބަލަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ވާހަކަ ދައްކައި، އެ ކުދިންގެ އިމްތިޔާޒުތަކާއި ޙައްޤުތަކަށް އަރައިގަތުމަކީ ނާތަހުޒީބު އަމަލެއް. ސިޔާސީ ބޭނުމުގައި އެއްވެސް ޙައްޤަކާނުލައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނައިރު ފަހަތުގައި އަތްޖަހަން ތިބުމުން ހޭދަވަނީ އެފަދަ ނާތަހުޒީބު އަމަލުތަކަށް ހިތްވަރުދޭ ބައެއްކަން.” އާދަމް ޝަރީފް ވިދާޅުވިއެވެ.
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ކުޑަކުއްޖެއްގެ ޙައްޤަށް އަރައިގަނެ އެކުއްޖާގެ ކަރާމާތް ނަގާލާ ބަޔަކީ އެމީހުންގެ ދުނިޔަވީ އަމިއްލަ އެދުން ފުއްދުން ފިޔަވައި އެހެން އެއްވެސް މީހަކަށް ހެޔޮ އެދިގެން މަސައްކަތްކުރާނެ ބައެއްނޫން ކަމަށެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅޮކޮށް އިދިކޮޅު މުޒާހަރާތަކުގައި ކުޑަކުދިންގެ ކަރާމާތަށް އަރައިގަންނަ މައްސަލަ ކުށްވެރިކޮށްފައެވެ. “ތިމާގެ ހަސަދަވެރި ކަމާހެދި، އަނެކާގެ މައުސޫމް ކުދިންނާ ބެހުމަކީ ވަރަށް ހިތާމަ ހުރި ކަމެއް އަދި އެހާމެ ނާ ތަހުޒީބު އަމަލެއް.” ރާފިއު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް އަރައިގަނެ މުޒާހަރާތަކުގައި ސިޔާސީ ބޭނުމަށް ކުޑަކުދިންގެ އިމްތިޔާޒަށް އަރައިގަތުމަކީ ޤާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ބޮޑު ކުށެއް ކަމަށެވެ. މި ކަންތައް ބަލައި ފިޔަވަޅު އެޅުމަށް ފަލާހު ވަނީ ކަމާއިބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
“ޤާނޫނު އަސާސީގަ މިފަދަ ޚިޔާލު ފާޅުކުރުން ބަޔާން ކޮށްފަ ވަނީ ވަރަށް ބޮޑު ކުށެއްގެ ގޮތުގަ އުމުރުން 18 އަހަރު ނުފުރޭ މަޢުސޫމު ކުއްޖަކަށް ނަފުސާނީ ގޮތުންނާ ޖިސްމާނީ ގޮތުން މި ދިނީ ވަރައް ބޮޑު ގެއްލުމެއް މި ވީޑިއޯގަ މިވަނީި އެއްވެސް ހަޤީޤަތެއް ނެތް ހުސް ބުހުތާން ދޮގު ވާހަކަތަކެއް މި ދަރިފުޅަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަޚްލާޤުގެ މަތީ ބޮޑު ވަމުން އަންނަ ކުއްޖެއް ހެޔޮވާނީ ކިހިނެއް މިގޮތައް މަގުމަތިން ދިމާކޮށް މިފަދަ ބުހުތާން ދޮގު ވާހަކަ ދައްކަން އަދި މި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން މި މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކުން ބަލާ މީނާގެ މައްޗަށް އަވަސް ފިޔަވަޅު އަޅަން ގޮވާލަން.” ފަލާހު ވިދާޅުވިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙުމަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދީންގެ އިމްތިޔާޒުތަކާއި ޙައްޤުތަކަށް އަރައިގަތުމަކީ އެކުދީންނަށް ލިބިފައިވާ ހިމާޔަތާއި ރައްކާތެރިކަން ގެއްލިގެން ދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި އެފަދަ ކުށްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
“ސިޔާސީ މަންފާ ހޯދުމަށް ކުޑަކުދީންނާ މެދު ސާބިތު ނުހިފޭ ވާހަކަ ދައްކައި، އެކަމަށް ތަރުހީބުދީ ހިތްވަރުދޭ މާހައުލެއް އުފައްދައިފިނަމަ، ރާއްޖޭގެ ޒުވާން ޖީލު ހަލާކުވެ، މުސްތަޤުބަލުގެ ޖީލުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ދެމިގެންދާނެ. ސިޔާސީ ބޭނުމުގައި ކުޑަކުދީންގެ ޙައްޤުތަކަށް އަރައިގަތުން ކުށްވެރިކުރަން.” ހައިދަރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި މައްސަލައާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ އަމަލު ކުށްވެރިކޮށްފައެވެ. ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހުރިހާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ހަގީގަތާއި ހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް ވެސް އީސީން އިލްތިމާސްކޮށްފައިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
