
(ފޮޓޯ ކްރެޑިޓްސް: ހުސެއިން މެޓްރިކްސް)
އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އާ ޖެންސެޓެއް އައްޑޫ ސިޓީއަށް ރޭ ގެންގޮސްފިއެވެ. ކަރަންޓުގެ މައްސަ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސިޓީއަށް ގެންދިޔަ އެއް މެގަވޯޓުގެ ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ޖެންސެޓް ގެނައީ އަވަށްޓެރި އިންޑިއާއިންނެވެ.
މި އާ ޖެންސެޓާއެކު އައްޑޫގެ ކަރަންޓު މައްސަލައިގެ ބޮޑުބައި ހައްލުވެ، ރޯދަމަހު ކަރަންޓު ނުކެނޑި މެނޭޖްކުރެވޭނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.

(ފޮޓޯ ކްރެޑިޓްސް: ހުސެއިން މެޓްރިކްސް)
އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރިއެވެ. ފެނަކައިން ކުރިން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޓަރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށާއި، މީގެ ސަބަބުން ކަރަންޓު އުފެއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ރޯދަމަހަކީ ކަރަންޓުގެ ބޭނުންކުރުން އިތުރުވާ މަހެއްކަމާއި، އައްޑޫގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ހުސެއިން މެޓްރިކްސް)
އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެއްކަން ފެނަކައިން ފާހަގަކޮށްފައިވެއެވެ. ފެނަކައިން ވަނީ މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މި ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ގިނަ ދުވަސްތަކެއް ނުވެ ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
