
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕް ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފައިސާ ދައުރުކުރަން ނެރުނަސް ނެރޭނީ ޒިންމާދާރު ގޮތެއްގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްއެމްއޭއަކީ އޭގެ ޒާތުގައި ބޭންކަކަށްވާތީ، ވިޔަފާރީގެ ގޮތުން ނަފާ ލިބޭ ގޮތަކަށް އެސެޓާއި ބިން ގަތުމަކީ އެ ބޭންކަށް ދޫކޮށްލަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ފަދަ ބޮޑު އަދަދުތަކުން ސަރުކާރުން، އެމްއެމްއޭއިން ފައިސާ ނަގަން ނޫޅޭ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑަށް ހަމަ 100 ޕަސެންޓް، ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ އެ ވިދާޅުވާ ގޮތަކަށް 14 ބިލިއަނުން 20 ބިލިއަނުން ކިޔާފައި ރައްޔިތުން ތެރޭ ކަންބޮޑުވުން އުފައްދަން ވެގެން ދައްކާ ވާހަކަ އެއީ މި ސަރުކާރަކުން އެހާ ޒިންމާދާރުކަން ކުޑަކޮށެއް ނުކުރާނެ އެކަން، ޔަގީން ނުކުރާނެ،” ނާޒިމް ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ ބޮޑު ލޯނެއް މި ސަރުކާރުން ދައްކާ ނިންމާފައިވާ ކަމަށާއި އިތުރު 50 މިލިއަން ޑޮލަރުގެ ލޯނެއް މި އަހަރު ދައްކަން އޮތްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ސަރުކާރުން ފައިސާ ދައުރުކުރަން ނެރުނަސް ނެރޭނީ، އެކަމަށް ޖާގަ ލިބޭ ވަރަކުން ކަމަށެވެ.
“މިސާލަކަށް 150 މިލިއަން ޑޮލަރު ދެއްކީ، ދެއްކީމަ އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ނޫނީ 2.5 ބިލިއަން ރުފިޔާ. އެއަށްވުރެ ގިނަ އަދަދަކަށް ސަރުކާރަކުންނެއް މަނީ ސިސްޓަމް ތެރެއަކަށް ނުނެރޭނެ,” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސަރުކާރުން އެއަށްވުރެ ގިނަ ފައިސާ ނުނެރޭނެ ސަބަބަކީ, އަހަރު ނިމޭއިރު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ތިރިކުރަން އަމާޒު ހިފައިފައި އޮތުމުންނާއި ބޮޑު އަދަދެއްގެ ފައިސާ ނެރެފި ނަމަ އެ އަމާޒަށް ވާސިލުނުވާނެތީ ކަމަށެވެ. އަދި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ދަރަނި ހުރުމުން، އާމްދަނީއެއް ލިބިއްޖެ ކަމަށްވާނަމަ ސަރުކާރުން ފުރަތަމަ ނިންމާނީ އެ ދަރަނި އަދާކުރަން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، 15 ބިލިއަން ރުފިޔާ ޗާޕުކުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.
“1000 ފަހަރު ދޮގު ހެދީމަކާއެއް އެ ތެދަކަށް ނުވާނެ، އެ ވާނީ ހަމަ ދޮގަކަށް. އެހެންވީމަ ކިތަންމެ ވަރަކަށް ދެއްކިޔަސް، އޮންލައިންގައި ލިޔުއްވިޔަސް، ނޫސްތަކުގައި ލިޔުއްވިޔަސް، ކޮންމެ އެއްޗެއްގައި ލިޔުއްވިޔަސް ދޮގު ވާނީ ދޮގަށް. ތީ ހަމަ ކަނޑައެޅިގެން ދޮގެއް. ތި ވިދާޅުވާ އަދަދުތަކަކީ ހަމަ ކަނޑކަނޑައެޅިގެން ދޮގެއް.” ނާޒިމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
