
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިންގުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް އާ ހަވާލުކުރި ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ. ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލް މުއާޒް ހަލީމް ވިދާޅުވީ ޕީއެންސީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޕާޓީ ހިންގުމުން ދުރުކޮށް، ޕާޓީ ހިންގުމުގެ ޒިންމާ ފަލާހް އާ ހަވާލުކުރި ކަމަށް ބުނާ ވާހަކަތަކަކީ “ކަނޑައެޅިގެން ބުހުތާނު ދޮގު” ވާހަކަތަކެއް ކަމަށެވެ.
ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާ ގޮތުން ޕީއެންސީ ހިންގަވަމުން ގެންދެވި އަބްދުއްރަހީމް، މަސްއޫލިއްޔަތުތަކުން ދުރުކުރިކަމާއި ޕާޓީ ހިންގުމުގެ ޒިންމާ ފަލާހް އާ ހަވާލުކުރިކަން ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނަށާއި އިދާރީ ބޭފުޅުންނަށް ވަނީ އަންގައިފައެވެ. ނަމަވެސް، މި ވާހަކަތަކަށް ރައްދު ދެއްވަމުން މުއާޒު ހަލީމް ވިދާޅުވީ ޕާޓީ ހިންގުމުގެ ބާރު ފަލާހަށް ދީފައި ނުވާ ކަމަށެވެ.
މި ޚަބަރުތައް ފެތުރުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހުގައެވެ. އަދި ޕީއެންސީގެ ހިންގުމުގައި އަބްދުއްރަހީމްގެ ދައުރެއް ނެތް ކަމަށް ވާހަކަ ދެކެވޭތާ ވެސް ދުވަސްތަކެއް ވެފައިވާ ދަނޑިވަޅެއްގައެވެ. އެ އަޑު އެންމެ ގަދަވީ، އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރުކަމުން އިބްރާހިމް ފައިސަލް ވަކިކުރި ހިސާބުންނެވެ.
ޑރ. މުއިއްޒާއި އަބްދުއްރަހީމް މަޝްވަރާ ކުރައްވައިގެން ހިޔާލު ތަފާތުވުންތައް މިހާރު ވަނީ ހައްލު ކުރައްވައިފައެވެ. އަދި ޕީއެންސީގެ ރަސްމީ ވަޓްސްއެޕް ގްރޫޕްތަކުގައި އަބްދުއްރަހީމް ގެންދަވަނީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ތަފާތު އެކިއެކި ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުއްރަހީމް ޕީއެންސީގެ ރަސްމީ ވަޓްސްއެޕް ގްރޫޕްތަކުން ބޭރުކުރި އަޑުތަކެއް ވެސް މި ފަހުން ފެތުރުނެވެ. އެކަމަކު، އެއީ ވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަން ވަނީ އެނގިފައެވެ.
ރައީސް ޑރ. މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ރަނގަޅު ކަން އެނގެނީ ރައްޔިތުންގެ މަޖިލިހުގައި އަބްދުއްރަހީމް ދެއްވި ތަރާވީހުގެ ދައުވަތު ރައީސް ޑރ. މުއިއްޒު ގަބޫލުފުޅު ކުރައްވައި އެ ތަރާވީހަށް ވަޑައިގަތުމުންނެވެ. ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
