
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ޑެޕިއުޓީ މޭޔަރުކަމުންނާއި ކައުންސިލް މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ނަރީޝް، މާލެ ސިޓީ ކައުންސިލްގައި ތަމްސީލް ކުރައްވަމުން ގެންދެވީ މާފަންނު މެދު ދާއިރާއެވެ. ނަރީޝް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ. ނަރީޝް ވަނީ އިސްތިއުފާގެ ސިޓީ ވެސް އާންމު ކުރައްވައިފައެވެ.
އިސްތިއުފާގެ ސިޓީގައި ނަރީޝް ވަނީ މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށާއި، ކެމްޕޭނުގައި އެހީތެރިވި އެންމެންނަށް ޝުކުރު ދަންނަވައިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ. “ކައުންސިލުގައި ހޭދަކުރި މުއްދަތަކީ ވަޒީފާ އާއި މަސައްކަތުގެ ދާއިރާގައި، އަޅުގަނޑު ހޭދަކުރި އެންމެ އުފާވެރި ދުވަސްވަރެވެ” ނަރީޝްގެ ސިޓީގައިވެއެވެ. މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ނަރީޝް ވިދާޅުވެފައިވަނީ، ކައުންސިލުގައި ހޭދަކުރެއްވި މުއްދަތުގައި ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައެއް ކަމަށެވެ.
ނަރީޝް ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް މަސައްކަތް ކުރެއްވުމަކީް އެކި ދާއިރާތަކުން ތަފާތު ތަޖުރިބާތައް ކުރެވި ޝަހްސިއްޔަތު ބައްޓަން ކުރަން ލިބުނު ރަނުގެ ފުރުސަތެކެވެ. ހާއްސަކޮށް ރައީސް މުއިއްޒު ސިފަވަނީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި، ސިޔާސީ ފިކުރު ތަފާތު މީހުންނާއެކުވެސް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރިކަން އަމަލުފުޅުން ސާބިތު ކޮށްދެއްވާ ރީތި ނަމޫނާ ދައްކަވައި މާލެ ސިޓީއަށް އަވަސް ހެޔޮ ބަދަލުތަކެއް ގެންނެވި ލީޑަރެއްގެ ގޮތުގައި ކަމަށް އޭޏާ ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސްގެ އަރިހުންނާއި މޭޔަރު އާދަމް އާޒިމްގެ އަރިހުން ދަސްވި ފިލާވަޅުތަކަށްޓަކައި ނަރީޝް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
