
ދަތި އުނދަގޫ ކޮންމެ މާހައުލެއްގައި ކެތްތެރިކަމާއި ވަފާތެރިކަން ދަމަހައްޓަންޖެހޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްގެ 30 ވަނަ އަސަާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވަޒީރު ވިދާޅުވީ ކަރެކްޝަން ސާރވީސްގެ މަސައްކަތްތަކަކީ ނަފްސާނީގޮތުން ބަލިކަށިކަން ލިބޭނެ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް މަސައްކަތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަން ބޭނުންވާކަމަށެވެ. އަދި ދަތި އުދަނގޫ ކޮންމެ މާހައުލެއްގައި ކެތްތެރިކަމާއި ވަފާތެރިކަން ދަމަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި ކަރެކްޝަންސް އޮންނަ އިރު، ރައްޔިތުންގެ އިތުބާރާއި ޔަޤީކަން ދެމެހެއްޓުމަކީ ޒިންމާއެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ޖިނާއީ އަދުލުގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އޮންނަ އިރު، ރައްޔިތުންގެ އުންމީދުތައް ހުރީ ވަރަށްވެސް މަތީގަ. އެހެންކަމުން ރައްޔިތުންގެ އިތުބާރާއި ޔަޤީކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،”. ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މި ތަމްރީންތަކަކީ މި މަސައްކަތުގެ އަސާސްކަމަށާއި، މިފަދަ ތަމްރީނުތަކުން ދަސްވެގެންދާކަންކަން ހަނދާންބަހައްޓައި ވަޒީފާއިންލިބޭ ތަމްރީންތަކަށް އިތުބާރުކުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
