
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނުވަ ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ފެނަކަ ކޯޕަރޭޝަން (ފެނަކަ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެެވެ.
އެމްޓީސީސީއާ ހަވާލު ކުރި ރަށްތަކުގެ ތެރޭގައި
- ނ. ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުން: ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ
- ށ. މާއުނގޫދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުން: ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ
- ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތް ކުރުން: ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ
- ތ. ވިލުފުށި ހޮސްޕިޓަލް އިމާރާތް ކުރުން: ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައުދީއެވެ. ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް އަބުުދުﷲ އެވެ.
އާރްޑީސީއާ ހަވާލު ކުރި ރަށްތައް
- ކ. ގާފަރު ސިއްހީ މަރުކަޒު އިމާރާތް ކުރުން: ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ
- ހދ. ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކުރާ ދަމަނަވެށި ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ
- ހދ. ހަނިމާދޫ ހޮސްޕިޓަލް އިމާރާތް ކުރުން: ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ
- އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން: ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޒުހެއިރެވެ. ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ.
ފެނަކަ ކޯޕަރޭޝަން
ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން: ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ
ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖާހެވެ. ސިއްހީ ވުޒާރާގެ ފަަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
