
ގައުމެއް، ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ސެކިއުރިޓީ ބެލެހެއްޓުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ކަރެކްޝަންސްގެ 30 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ ސުލްހަ މަސްލަހަތު ނެތް ގައުމަކީ އަނދާ އަޅިއަށްވެފައިވާ އަޅިތަކެއް ކަމަށެވެ.
މިއަދު މުޅި ދުނިއެއިން ފެނިގެންދަނީ އެފަދަ މަންޒަރުތަކެއް ކަމަށާއި 21 ވަނަ ގަރުނުގައި ދުނިޔޭގައި އުޅެންޖެހިފައި މިވަނީ ސެކިއުރިޓީ ޗެލެންޖެންސްތަކާ އެކީގައި ކަމަށް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. “އޭގެ ތެރެއިން އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު އެހެންނަމަވެސް ސެކިއުރިޓީ ވަރަށް މުހިންމު ގައުމެއް މިއީ. ކަންދިމާކުރި ގޮތުން އަޅުގަނޑުމެންގެ ސީ ބޯޑަރު ވަނީ ވަރަށް ބޮޑަށް ހުޅުވިފަ. އެ ސީ ބޯޑަރުން ފެށިގެން މި ޖަލުތަކާ ހަމައަށް އެކި ބާވަތުގެ ކުށްތައް ކޮށްފައި ތިބި މީހުން އެބައާދޭ. މިރޭ ތިޔަކުދިން އަޒުމަކަށް ހަދަންވީ މިތަނުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފުމަށް. އީމާންތެރިކަމާއި، ތެދުވެރިކަމާއި، ގައުމީ ލޯތްބާއި، ވަފާތެރިކަމާއެކީ” ސީޕީ ޒަރީރު ވިދާޅުވިއެވެ.
ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ގައިދީންގެ ގޮތުގައި މިހާރުވެސް ޖަލުތަކުގައި 996 މީހުން އެބަތިބި ކަމަށެވެ. އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުނު 33 ދަރިވަރުންނާ މުހާތަބުކުރައްވާ ސީޕީ ވަނީ ރިޝްވަތާއި ޖަލުގެ ގޮޅިތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ އެއްވެސް ފުރުސަތެއް ދީގެންނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ދަރިވަރުންގެ ކޮނޑުގައި އެޅިފަ އޮތް ޒިންމާތަކާއި ވާޖިބުތައް ސީޕީ ވަނީ ތަކުރާރުކުރައްވާފައެވެ. ނަތީޖާ ނެރެވޭނީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާ އެކީގައި މަސައްކަތްކޮށްގެން ކަމަށް ސީޕީ ވިދާޅުވިއެވެ.
“ދަރިވަރުން ފުރިހަމަ ތިކުރީ ތިޔަ ދަރިވަރުންގެ މައިންބަފައިންގެ ވަރަށް ބޮޑު އުންމީދެއް. ޒަމާނަށް އަންނަ ބޮޑެތި ބަދަލުތަކާއެކުވެސް ތިޔަ ދަރިވަރުންގެ ބެލެނިވެރިން ވަނީ ރީތި އަޚްލާގާއި، އީމާންތެރިކަމާއި، ފުރިހަމައަށް ދަސްކޮށްދެއްވާފައި. ތިޔަ ނިކުންނަނީ މަސައްކަތުގެ މައިދާނަށް” ސީޕީ ޒަރީރު ވިދާޅުވިއެވެ. ރާއްޖޭގެ ޖަލުތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހުމުގަ މާދަމާއިން ފެށިގެން ދަރިވަރުން އުފަލަން ޖެހެނީ ގައުމީ ވާޖިބެއްކަން ސީޕީ ފާހަގަކުރެއްވިއެވެ. ޖަލުތަކުގަ މަސައްކަތް ކުރާ 700 އަށް ވުރެ އޮފިސަރުންނަކީ 24 ގަޑިއިރުގަ މަސައްކަތުގެ މައިދާނުގައި ތިއްބެވި ގައުމީ ބަތަލުން ކަމަށާއި އެއިން އެއްވެސް އޮފިސަރަކީ ދިމާވާ އެއްވެސް ކަމެއްގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އަދި ކޯހުގައި ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބުރަކޮށް އުޅުއްވި މުދައްބިރުން ކުރެއްވި ބުރަބޮޑު މަސައްކަތްތަކަކީ އަބަދުވެސް ހަނދާންކުރާނެ މަސައްކަތެއްކަން ފާހަގަކުރައްވާ ސީޕީ ވަނީ އެ ބޭފުޅުނަށް ޝުކުރު އަދާކުރައްވައިފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެސްސީއެސް) އިން ‘ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ’ ޕްރޮގްރާމްގެ 12ވަނަ ބެޗް މާފުށީ ޖަލުގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މިއީ ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރުން ލާޒިމް ކޯހެކެވެ. މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަހްލާގު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތައުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.
އަށް މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ޓްރެއިނިން ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިން އާއި ލީޑަޝިޕް ކްލާސްތަކާއި އެތިކްސް އާއި ގާނޫނާއި ގަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
