
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގައި މީގެކުރިން އުފެދުނު ސަރުކާރުތަކުން ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ނުކޮށް މަސައްކަތްތައް “ގަލު”ގައި އަޅައިގަތުމުން، އެ ކަންތައްތައް ހައްލު ކުރުމަށް އައި ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ މި ސަރުކާރުގެ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ނުލިބި ކަންތައްތައް ބޮއްސުންލައިގެން ދިޔުމުން އެކަންތައް ހައްލު ކުރުމަށް އައި ސަރުކާރެއް ކަމަށެވެ.
“މި ސަރުކާރަކީ ރައްޔިތުން އެދޭ ކަންތައް ކުރިޔަށް ނުގޮސް ގަލުގައި އެޅީމާ އެކަންތައްތައް ހައްލުކޮށްދޭން އައި ސަރުކާރެއް.” މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވިއެވެ.
އެގޮތުން ކައުންސިލްތަކުގެ އިހުތިސާތަކުގައި ހުރި ރަށްތައް ކުރީ ސަރުކާރުތަކުން ޓޫރިޒަމްގެ ބޭނުމަށް ދީފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ދިއްގަރު ފަޅުތެރެއިން 10 ހެކްޓަރުގެ ބިމަކަށް ފަސް ލައްކަ ޑޮލަރު ނެގުމަށްފަހު ރިސޯޓެއް ހެދުމަށް ބަޔަކަށް ދީފައިވާ ކަމަށެވެ. އަދި މ.ވޭވަށު ފަޅުތެރެއިންވެސް 10 ހެކްޓަރުގެ ބިމެއް ފަސް ލައްކަ ޑޮލަރު ނެގުމަށްފަހު ބަޔަކަށް ދޫކޮށްފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު މުލަކު ދާއިރާގެ އިހުތިސާސްގައި ހިމެނޭ، ކޮޅުފުށީ އިހުތިސާސްގައި ހިމެނޭ “ދިއްތުނޑި” ކިޔާ ރަށެއްވެސް ވަނީ 1.5 މިލިޔަން ޑޮލަރަށް ޓޫރިޒަމަށް ކުއްޔަށް ދޫކޮށްފައި ކަމަށް ވިދާޅުވިއެވެ.
އަދި ދާދި ފަހުންވެސް ކ. ގާފަރު ކައުންސިލުގެ ފަރާތުން އެރަށުގެ ފަޅުތެރޭ ހިމެނޭ ވެލިފަރު ކިޔާ ވެލިގަނޑެއްގައި ރިސޯޓެއް ހެދުމަށް ހުއްދައަށް އެދުމުން ލޯކަލްް ކައުންސިލް މިނިސްޓްރީން ބަންޑާރަ ނައިބުގެ ލަފައަކަށް އެދި ވަނީ ސިޓީއެއް ހުށަހަޅާފައެވެ.
“ބަންޑާރަނައިބުގެ ލަފާގައި ބަޔާންކޮށްފައި މިވަނީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅުތަކާއި ރަށްތަކާ ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމާއި އެކަންކަން ކުރުމުގެ ބާރުވެރިކަން ލޯކަލް ކައުންސިލް ގާނޫނުތަކުން ގާނޫނަށް ލިބިދީފައި ނުވާކަމަށް.” ނާޒިމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ ލަފާ މިގޮތަށް އައުމުން މިހާރު މިގޮތަށް ދީފައި ހުރި ހުރިހާ ތަނެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މެންބަރު ވިދާޅުވި ގޮތުގައި އެ ފަޅުތައް ޓޫރިޒަމަށް ބޭނުން ކުރުމަށް ކައުންސިލްތަކަށް ފައިސާ ދެއްކުމަށްފަހު ކުރެހުންތައް ތައްޔާރުކޮށް ކޮންސެޕްޓުވެސް ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެހިސާބުން މި މަސައްކަތްވެސް “ގަލު” އަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
“ސަބަބަކީ މިކަން ކުރެވޭނެ އެއްވެސް ގޮތެއް ކައުންސިލްތަކާއި ބެހޭ ގާނޫނުގެ ދަށުގައި ނެތް.” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުން މި ހުށަހަޅާ އިސްލާހަކީ ކައުންސިލްތަކުގެ އިހުތިސާސްތެރޭގައި އޮތް ކަމެއްގެ ތެރެޔަށް ރައީސުލްޖުމްހޫރިއްޔާ އެބާރު ބޭނުންފުޅުވެގެން ނޫނެވެ. އެހެންނަމަވެސް މި އިސްލާހަކީ މިކަންތައް ވާނެ ގޮތެއް ހަދައި ދިނުމަށްޓަކައި ސަރުކާރުން ހުށަހެޅި އިސްލާހެއް ކަމަށް ވިދާޅުވިއެވެ. މި އިސްލާޙު ފާސްނުވެއްޖެނަމަ އެ ފަރާތްތަކުގެ އަތުން ސަރުކާރަށް ނަގާފައި ހުރި ފައިސާ އަނބުރާ ދައްކަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ކ.ތުލުސްދޫއިން ފަތުރުވެރިކަމަށް ބިން ދޫކޮށްފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ. މީހުން ދިރިއުޅޭ ރަށެއްގެ ފަޅުތެރޭގައި ވޯޓާ ބަންގަލޯސްވެސް އެޅޭ ގޮތަށް ކުއްޔަށް ދޫކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގެ ޝަރަފް މޯދީއަށް، ރައީސްގެ މަރުޙަބާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ...
ޖަޕާނުން ހަދިޔާކުރި ފެންހިންދާ ޕަންޕުތައް ހަވާލުކުރަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: އެންޑީއެމްއޭ) ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެއަށް ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް، ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާ ރަށްތަކުގެ ކައުންސިލްތަކާ އެންޑީއެމްއޭއިން ހަވާލުކުރަން ފަށައިފިއެވެ....
ރާއްޖެއާއި ޖަޕާނުގެ ދިފާއީ ގުޅުން އެހެން ހަރުފަތަކަށް
ޖަޕާނާއި ރާއްޖޭގެ ދިފާޢީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމުގެ މަޝްވަރާތައް، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފާއި ޖަޕާނުގެ ދިފާޢީ ވުޒާރާގެ...
ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރާ ގެއެއް ބަންދުކުރަން އަމުރެއް
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ) އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ....
ރައީސް މުޢިއްޒުގެ އިޤްޞާދީ ސިޔާސަތުތަކަށް ދުނިޔޭގެ އިތުބާރު އޮތްކަން ފިޗް ރޭޓިންގްސް އިން ހާމަވެއްޖެ:ޒަމީރު
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެ އިޤްތިޞާދީ ބޮޑު ކާރިސާއަކުން ސަލާމަތްވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ...
ބަލި ހާލަތު ހުރި ގޮތުން މަގާމު ދޫކޮށްލިޔަސް، މި ހުރީ ޕާޓީ އާއި ރައީސް މުއިއްޒާއެކު: ޒަމީރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން ޒިންމާތައް އެންމެ...
