
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގައި މިހާތަނަށް ފަސް އަތޮޅެއްގައި ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމު ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ފަސް އަތޮޅެއްގައި މި ނިޒާމު ފަށާފައިވާއިރު ޕްރައިމަރީ ހެލްތު ކެއާ ނިޒާމު މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމަކީ އަމާޒެއް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުރާލާ މީހުންނަށް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ނިޒާމެއްގެ ތެރެއިން މީހުން ޑޭޓާތައް ބަލަހައްޓާ، މީހުންގެ ސިއްހީ ރައްކާތެރިކަމަށް ސިއްހީ ހިދުމަތްދޭ ތަންތަނުން ދުރާލާ ހިދުމަތްތައް ފޯރުކޮށްދެވިގެން ދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޚާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން ދަމަނަވެށި ފުޅާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ސަރުކާރުން މި ނިންމުން ނިންމަވާފައިވާކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ރައީސް، ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހީ ވެއްޓެއް ގާއިމުކޮށް، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެވޭނެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި އަވަހަށް ބަލި ދެނެގަތުމާއި ވަށާޖެހޭ ސިއްހީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެ ކަމަށްޓަކައި ޕްރިވެންޓިވް ހެލްތު ކެއާ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޚާއްސަ ޕްރޮގްރާމުތައް ތަންފީޒުކުރުމަށް 2024ވަނަ އަހަރަށް ޚާއްސަ ބަޖެޓެއް ހަމަޖެއްސިފައި އޮތްކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
މިގޮތުން، އިތުރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ފުޅާކޮށް ޚިދުމަތްދޭން ފެށުމާއި މިނިޒާމުގެ ދަށުން ދަމަނަވެށި ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ފުޅާކުރުމަށް ކަނޑައަޅާފައިވާ 10 އަތޮޅުގައި، ރިޕްރޮޑަކްޓިވް، މެޓާރނަލް، ޗައިލްޑް އެންޑް ނިއުޓްރިޝަން، ގައިން ގަޔަށް އަރާ ބަލިތައް، ގައިން ގަޔަށް ނާރާ ބަލިތައް، ނަފްސާނީ ބަލިތައް، ފައިލޭރިއާ ސްކްރީނިންގެ މަޢުލޫމާތު އެއްކުރުމަށް ބޭނުންވާ މޮޑިއުލްތައް ޑިސްޓްރިކްޓް ހެލްތު އިންފޯރމޭޝަން ސޮފްޓްވެއަރ މެދުވެރިކޮށް މުޅި އާބާދީގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް ރައްޔިތުންގެ ޞިއްޙީ ހާލަތުތައް ދެނެގަނެވި ޞިއްޙީ ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ދިރިއުޅުމުގެ އާދަތަކާ ކެއިންބުއިން ހުންނަގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތައް ދެނެގަނެ، ރައްޔިތުން ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ހިންގަން ހަމަޖެހިފައިވާ ކަމަށާއި އާސަންދަ މެދުވެރިކޮށް، އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ވެސް މިހާރުވާނީ ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
