
ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމަށް ނުހެދުމަށާއި ފަތުވާ މަޖްލީހުގެ އިޚުތިޞާޞްގެ ތެރެއަށް ނުވަނުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމަށް ޖަމިއްޔަތުއް ޞަލަފްގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރުް އިލްތިމާސް ކުރައްވައިފިއެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ކަންތައްތަކުގައި އެ މަޖިލީހުން ފަތުވާ ނުނެރޭ ކަމަށާއި ފަނޑިޔާރު ގެއާށް ނުފޫޒު ފޯރުވާ މައްސަލައިގައި ވެސް އެއްވެސް ފަތުވާއެއް ނުނެރޭ ކަމަށެވެ. ދީނުގެ މިފަދަ މުހިންމު ކަންކަމުގައި ފަތުވާ ނުނެރެ “ހޫރައްލީނުން”ގެ ވާހަކަ ފަދަ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭތަން ފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ ދެއްކި ވާހަކަތާއި ގުޅިގެން ޝައިޚް ސަމީރު ވިދާޅުވީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ފަތުވާ މަޖްލީހުގެ އިޚުތިޞާޞްގެ ތެރެއަށް ނުވަނުމަށް ރޮޒައިނާއަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ދައުލަތުގެ މުއައްސަސާތަކުން ފަތުވާ މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުމާއި، ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުމީ ފަތުވާ މަޖްލީހުގެ ޤާނޫނީ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޝައިޚް ވިދާޅުވިއެވެ.
އަދި އަންހެނުން ފަނޑިޔާރުކަން ކުރުމުގެ ޙުކުމް ސާފުކޮށް ދެއްވުން އެދި ރައްޔިތުން މަޖްލީހުގެ ޢިއްޒަތްތެރި މެންބަރަކު ފަތުވާ މަޖްލީހުގައި އެދިލެއްވުމުން 9 ޖުލައި 2019 ގައި އެ މަޖްލީހުން ދެއްވާފައި ފަތުވާއަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެމަޖްލީހުގެ ޒިންމާގެ ތެރެއިން ދެއްވާފައިވާ ފަތުވާއެއް ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. “ވީމާ ޝަރުޢީ ޢިލްމުގެ އަލިފުބާވެސް ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚުުތިޞާޞު ތެރެއަށް ވަދެ، އެބޭފުޅުންނަށް ހަޖޫޖަހައި، ފަތުވާ މަޖްލީހުގެ ހައިބަތު ވައްޓާލައި ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުގައި ބަޔާންކުރައްވާފައިވާ ޙޫރަލްޢީންގެ ވާހަކަތައް ދެއްކުމަކީ ބޭކާރުކަމެއް ކަމުގައި ޞިފަކުރުމީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ،”. ޝައިޚް ސަމީރު ވިދާޅުވެފައިވެއެވެ.
މިފަދަ ވާހަކަތަކަކީ ދީނީގޮތުން ނުހަނު ޚުޠޫރަތްތެރި ކަންކަމަށް ވުމުގެ އިތުރުން އެއީ ގާނޫނާއި ޚިލާފު ޢަމަލެއް ކަމަށް ވިދާޅުވެ، އެފަދަ ވާހަކަތައް ނުދެއްކުމަށް ޝައިހް ވަނީ ރޮނައިޒާއަށް ނަސޭހަތްތެރިވެވަަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
