
އެމްޓީސީސީން މާލެ ސަރަހައްދުގައި ހިންގާ ފެރީ ޓާމިނަލްތައް ބޭނުން ކުރަން ލޯންޗް އޮޕަރޭޓް ކުރާ ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ހިދުމަތް ހޯދާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި މިވަގުތު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލް ވަނީ ހަމަޖައްސާފައެވެ. އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ޓާމިނަލްތައް މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައ،ި އެ ފުރުސަތު ދިނުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަަމަށެވެ.
އެގޮތުން ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ކުރުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ހަތް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެފައި ވެއެވެ. މީގެ ތެރޭގައި އދ. އަތޮޅުގެ ފެންފުށި، މާމިގިލ،ި އަދި ދިއްދޫ، ކ. އަތޮޅުގެ މާފުށި، ގުރައިދޫ، ގުޅި، ގާފަރު އަދި ކާށިދޫ، ބ. އަތޮޅުގެ ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫއަށް ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭ ކަަމަށް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.
އެމްޓީސީސީން އަންދާޒާކުރާގޮތުގައ،ި މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު، މި ޚިދުމަތް ފެށުމާއެކު ދުވާލަކު ޖުމުލަ 15 ލޯންޗް ފެރީއަށް މި ކުންފުނީގެ ޓާމިނަލްތަކުން ހިދުމަތް ދެވޭނެއެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ. ޚިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ، އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ މި ޚިދުމަތަށް ޚާއްސަކުރެވިފައިވާއިރު އަދި ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނިޓުގެ ވަގުތެއް ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ. އަދި ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ތެރޭ އިންތިޒާމުކުރެވޭނެ ކަމަށާއި އަދި ދަތުރުވެރީންގެ ފަސޭހައަށްޓަކައި ޓާމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޓާމިނަލްގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުންމަތީ މިކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
