
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. ކުޑަހުވަދޫގައި ކުރިޔަށް ގެންދާ 500 ހައުސިން މަޝްރޫއުގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އެދޭ ފަރާތްތަކަށް އެެ ފުރުސަތު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކުޑަހުވަދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ މިދިޔަ އަހަރު މާރިޗް މަހު ކުޑަހުވަދޫއަށް އެމަނިކުފާނު ވަޑައިގެންނެވިއިރު، ގައުމުގެ އިޤްތިސާދީ ހާލަތު އޮތް ގޮތާއި މިހާރާއި ތަފާތު ކަމަށެވެ. ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރެވި ގިނަ ކާމިޔާބީތައް ހާސިލު ކުރެވެމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
“މިދިޔަ އަހަރު ގިނަ ދުވަސްތައް ހޭދަ ކުރަން މިޖެހުނީ ބޭރުގެ ދަރަނި ދެއްކުމަށް. އެތެރޭގެ އެކިއެކި ފަރާތްތަކަށް ދައްކަން ހުރި ލޯނުތައް ދެއްކުމަށް އިޤްތިސޯދު ހަމައަކަށް އެޅުވުމަށް. އިރާދަކުރެއްވީތީ އެކަންކަމުގައި ރަނގަޅު ނަތީޖާތައް ލިބި މިއަދު މިވަނީ ކަންކަމުގައި އަމަލީ ގޮތުން އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދޭ ގޮތަށް ކަންތައްތައް ފަހި ކުރެވިފައި.” ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރުން 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހުނީ ދައުލަތުގެ ދަރަނި ދެއްކުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ގައުމުގެ ހާލަތު ރަނގަޅުވެ އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭ ގޮތަށް ކަންތައްތަކަށް މަގު ފަހިވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާތީ ސަރުކާރުގެ ސިޔާސަތުތައް އެގޮތަށް ބައްޓަންކޮށްގެން އެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްގީއަށްޓަކައި، ރަށުގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “ރާއްޖެ ތަރައްޤީ ކުރަން ބޭނުންވަންޏާ އެއްފަސް ކުރުމަކީ ކުރަންޖެހޭނެ ކަމަކަށްވާތީ އެކަމަށް މަގުފަހި ކުރުން. މިރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިޤްތިސާދީ ކުރިއެރުމާއި އިޖުތިމާއީ ދުޅަހެޔޮ ކަމަށް މިހުރިހާ ކަމަކަށް ފުރިހަމަކަން ގެނެސްދިނުމާއެކުގައި މިރަށަށް ހިޖުރަ ކުރަން އަދިވެސް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެން.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެގޮތުން ކުޑަހުވަދޫގައި ބިން ހިއްކާފައިވީ ނަމަވެސް ފާއިތުވީ 11 އަހަރުތެރޭ އެއްވެސް ކަމެއް ނުކޮށް ބިން ދޫކޮށްލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ގޯތި ދޫކުރެވުނު ނަމަވެސް އެތަންތަނުގައި ދިރިއުޅެވޭނެ ގޮތެއް ނެތް ކަމަށާއި އިއްޔެރޭ ވެވުނު އެއްބަސްވުމުގެ ދަށުން ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާގެ ނިޒާމުވެސް ޤާއިމު ކުރުމުގެ އިތުރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީ މަގުތައްވެސް ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. “މިރޭގެ އެގްރީމެންޓުގައި އޮންނާނީ ފެނާއި ނަރުދަމާ އެކަނި ލައި ދިނުން. އެހެންނަމަވެސް ހަމަ އެއާއެކީގައި ކަރަންޓުގެ ޚިދުމަތާއި މަގުތައް ހެދުމާއެކީގައި، އަދި އެމަގު ހެދުމުގެ މަޝްރޫއަކީ މިރަށުގައި މިހާރު ކުރިޔަށްދާ މަގު ހެދުމުގެ މަޝްރޫއު ފުޅާ ކުރެވި ރަށުގެ ހުރިހާ މަގެއް ހެދުމާއެކީގައި ހިއްކި ތަނުގެ މަގުތަކާ އެކީގައި ހެދިގެން ދާނެ މަޝްރޫއެއް.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އާބަން ސެންޓަރެއްގެ ބޭނުމަކީ އެއީ ކަމަށާއި ކުޑަހުވަދޫގެ ހުރިހާ މަގެއް ހެދުމަށްފަހުގައި ނޫނީ އެ މަޝްރޫއު ނިންމާ ނުލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުޑަހުވަދޫގައި ދޫކޮށްފައިވާ ގޯތިތަކުގައި ގެދޮރު އެޅުމުގެ ދަތިކަން ހުރި ފަރާތްތަކަށް، އެރަށުގައި އަޅާ 500 ހައުސިން މަޝްރޫއުގެ ތެރެއިން އެ ގޯތިތަކުގައިވެސް ތިން ކޮޓަރީގެ ގެއެއް އަޅައިދޭނެ ކަމަށެވެ.
“ތިޔަ ބޭފުޅުން ބޭނުންފުޅުވެލައްވާ ނަމަ ލިބިފައިވާ ގޯތިތަކުގައި ގެދޮރު އެޅުމުގެ ދަތިތައް ހުރުމާއެކީގައި، އާމްދަނީގެ ގޮތުން ދަތިކަން ހުރުމާއެކީގައި، މި 500 ހައުސިން މަޝްރޫއުގެ ތެރެއިން ތިބޭފުޅުންގެ އަމިއްލަ ގޯތީގައި ތިން ކޮޓަރީގެ ގެއެއް އަޅަން ބޭނުންވާ ފަރާތެއް ވާނަމަ އެކަން ފާހަގަކޮށްދިނީމާ، އަޅުގަނޑުމެން މި 500 ހައުސިން މަޝްރޫއުގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާނީ ތިބޭފުޅުންގެ އަމިއްލަ ގޯތީގައި ގެއެއް އަޅައިދޭން. ” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ 500 ހައުސިން ޔުނިޓުގެ ތެރެއިން ގެދޮރު އެޅުމަށް އެދިލައްވާފައިވާ ފަރާތްތަކުގެ ގޯތީގައި ގެދުރޮ އެޅުމަށްފަހު ބާކީ ހުރި އަދަދަކަށް ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއަކީ ތިން ކޮޓަރީގެ ފްލެޓްތަކެއް އެޅުމަށް ހަމަޖެހިފައިވާ މަޝްރޫއަކަށްވާތީ ގޯތި ތަކުގައިވެސް އިމާރާތްކޮށްދޭނީ ތިން ކޮޓަރީގެ ގެއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަހުވަދޫއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުދީ އިތުރު ހައުސިން މަޝްރޫއުތައްވެސް ހިންގާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު މި ހިސާބަށް ވާސިލު ވުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ރައީސް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
