
ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން މާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ކުލަލައިދީފި އެވެ.

މިއަދު ހެނދުނު ހަތަރު މިސްކިތެއްގެެ ވަށާފާރުގައި އެ ބެންކުގެ މުވައްޒަފުން ވަނީ ކުލަ ލައި ދީފަ އެވެ. އެއީ ހުކުރު މިސްކިތާއި ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި މަސްޖިތުއް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) އަދި މަސްޖިދުލް ސުލްތާނުލް އާދިލް ކަމަށް ބީއެމްއެލް އިސްލާމިކް އިން ބުންޏެވެ. އެ ހަރަކާތުގައި ބީއެމްއެލް އިސްލާމިކުގެ ސަތޭކައެއްހާ މުވައްޒަފުން ބައިވެރިވި އެވެ.

ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގައެވެ. މިދިޔަ އަހަރު ވެސް ވަނީ މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގި އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
