
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސަރުކާރު ހިންގާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތައް އަންނަ އޭޕްރީލް މަހުގެ 13 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ. ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ، އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ވެސް އެ ޕާޓީން އޮތީ ބުނެފަ އެވެ.
ވަގު ފޯމުތަކުގެ މައްސަލާގައި އެ ޕާޓީއަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ވަނީ އެ ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ޝަކުވާއަށް ހުޅުވާލައިފަ އެވެ. އެކަމަކު އެ މުއްދަތު ވަނީ މިމަހުގެ 10 ވަނަ ދުވަހު ހަމަވެފަ އެވެ. ޕީއެންސީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ “މެމްބާޝިޕް ޑްރައިވް” އަށް ފަހު، ޕާޓީގެ ދަފްތަރާ މެދު އާންމުންގެ ޝަކުވާތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޕީއެންސީން ބުނީ އެކަމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 13 ވަނީ ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށާއި މިހާތަނަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނުހިމެނި އޮތުމާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޕާޓީގެ މައި އިދާރާއަށް ނުވަތަ ރަށްރަށުގެ އެޕާޓީގެ ސްޓިއަރިން ކޮމިޓީއަށް ހުށަހެޅުމުން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕާޓީން ބުންޏެވެ. އެ އިއުލާނުގައިވާ ގޮތުން ދަފްތަރުގެ ސައްހަކަން ކަށަަވަރުކުރުމާ އެކު ދަފްތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ.
ސައްހަ ނޫން ފޯމުތަކެއް ޕާޓީގެ ހުށަހަޅާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ހިދުމަތަށް ވެސް ބައެއް ފަރާތްތަކުން ވަނީ ހުށަހަޅައިފަ އެވެ. އެހެންވެ ޕީއެންސީން ވަނީ އެ ތަހުގީގަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ވޭތުވެދިޔަ ހަ މަސް ދުވަހު ތެރޭގައި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ. މި މައްސަލަ މިފަހުން ގޯސްވެފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ޕާޓީ ބަދަލުކުރި މައްސަލަ ފެންމަތިވުމާއެކު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މައުލޫމާތުން އެނގޭ ގޮތުގައި މިވަގުތު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތިބި ސިޔާސީ ޕާޓީއަކީ ޕީއެންސީ އެވެ. އެ ޕާޓީގައި 68،900 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
