
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ރައީސް ދެއްވީ ޤައުމިއްޔަތާއި، މިނިވަންކަން ނަގަހައްޓައި، ތަރައްޤީގެ ފުރިހަމަ ޔަގީންކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނާއި ގުޅިގެން ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަންޑަރ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ ފިރުޒުލް ވަނީ ބަޔާނުގެ މުހިއްމު ބައިތަކަށް އަލިއަޅުއްވާލާފައެވެ. މީގެތެރޭގައި ޤައުމިއްޔަތައް އިސްކަން ދިނުމާއި، ޑިޖިޓަލައިލައިޒޭޝަނާއި ޚަރިޖީ ސިޔާސަތާއި، އަދި ތަރައްޤީގެ ސިޔާސަތުތައް ފިރުޒުލް ފާހަގަކުރެއްވިއެވެ.
ފިރުޒުލް ވިދާޅުވީ އަދުގެ ސަރުކާރުން ޤައުމިއްޔަތައް ދެއްވާ އިސްކަން ރިޔާސީ ބަޔާނުން ފާހަގަކުރެވޭނެ ކަމަށެވެ. އަދި ތަރައްޤީގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއްގެ މައުލޫމާތުތައް ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާފައިވާއިރު، ތަރައްޤީވެފައިވާ ޤައުމަކަށް 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރަށް ވާސިލްވުމަށް ކުރަންހުރި މަސައްކަތްތައް ރިޔާސީ ބަޔާނުން ފާހަގަވެގެން ދިޔަކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.
ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި ޤައުމީއްޔަތު އިޔާދަ ކުރުމުގެ މުހިންމު މަސައްކަތުގެ ތެރެއިން ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތްތައް ރިޔާސީ ބަޔާނުން ފާހަގަކުރެވުނު ކަމަށެވެ. އޭގެތެރޭގައި ތަރިކަ ދިރުވައި އާލާކުރުމުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަން ދިނުމުގެ މަސައްކަތުން ފިރުޒުލް މިސާލު ނެންގެވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ފިރުޒުލް ވިދާޅުވީ ޤައުމުގެ ސިޔާދަތީ މިނިވަންކަމަށް ރައީސް ދެއްވާ އިސްކަން ރިޔާސީ ބަޔާނުން ފާހަގަވެގެން ދިޔަކަމަށާއި، ދިވެހި ޚަރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނީވެސް ދިވެހިންނަށް ލިބިދޭ މިނިވަންކަމާއި އެއްގޮތަށް އެހެން ޤައުމުތަކުގެ ރައްޔިތުންނަށް އެކަން ކަށަވަރުކުރުމަށްކަމަށެވެ. މީގެއިތުރުން ސިޔާދަތީ މިނިވަންކަމާއި އެއްވަރަށް އިޤްތިޞާދީ މިނިވަކަމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާކަން ރިޔާސީ ބަޔާނުން ހާމަވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ޤައުމީ ތަރައްޤީގެ މަސައްކަތް މިއަހަރު ފެށިގެންދާއިރު އެކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
“އެންމެ މަޝްރޫޢުއަކަށް ބަލިޔަސް ސަރުކާރު ހިއްސާ ވާ ފަދައިން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ރައްޔިތުން އެބަ ހިއްސާވޭ. ކައުންސިލްތައް އެބަ ހިއްސާވޭ. މިއިން ކޮންމެ މަޝްރޫޢުއެއް ނަގަހައްޓާ ހިންގުމުގައި ރައްޔިތުންނަށް މަންފާ ލިބޭ މަޝްރޫއުތަކަށް ހެދުމުގައި ހުރިހާ ފަރާތްތަކުގެ ޝާމިލްވުން ވަރަށް ބޮޑަށް ބޭނުންވޭ. އެ މަގުން ވިސްނައިގެން މިއަހަރަކީ ތަރައްޤީގެ ރޭހުގައި މުހިންމު ހަރުފަތްތައް ގިރާކުރާ އަހަރަކަށް ހެދުން އެއީ ރައީސް އުއްމީދުކުރައްވާ އުއްމީދު ކުރެއްވުން ކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައި އެބަވޭ.” ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަންޑަ ސެކްޓަރީ ފިރުޒުލް ފާހަގަ ކުރެއްވިއެވެ.
ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރު ތަރައްޤީއާއި ގުޅޭ 1000 އަށް ވުރެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފެނާއި ނަރުދަމާއާއި، ސްކޫލް ޢިމާރާތްތަކާއި، ސިއްޙީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ތަންތަން ތަރައްޤީކުރުމުގެ އެތައް މަޝްރޫޢެއް މިމަހާއި އަދި މާރިޗު މަހުގެ ތެރޭގައި ފެށޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
